ގަވާއިދު ކޮމިޓީ
8 ޖުލައި 2025 11:00 ނަންބަރު M20/M/GV/2025/06
މިއަދުގެ ބައްދަލުވުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން އެ މިނިސްޓްރީގެ ފަރާތުން، "ފަތުރުވެރިންނަށް މޫދު ކުޅިވަރު އަދި މޫދާ ގުޅުންހުރި އަދި ފެނުގައި ހިންގޭ އެކިއެކި ކުޅިވަރުތަކާއި ހަރަކާތްތައް އަދި އެކްސްކަރޝަން ކުޅިވަރުތަކުގެ ހަރަކާތްތަކުގެ ޚިދުމަތްދިނުމާ ގުޅޭ ގަވާއިދު" ގެ ގޮތުގައި އާ ގަވާއިދެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ދަންނަވާފައިވާތީ، އެ ގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ގުޅިގެން މަޝްވަރާކުރައްވާފައިވެއެވެ. އަދި އެ ގަވާއިދުގައި ހިމެނިފައިވާ ކަންކަމާއި އަދި ދިވެހިރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން އެ ރިސޯޓުތަކުގެ ކައިރީގައި ހުންނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުން ފޯރުކޮށްދޭ އެކްސްކަރޝަންގެ ޚިދުމަތްތައް ރިސޯޓުތަކަށް އެނގުމަކާނުލައި ބޭނުންކުރަމުންދާ ޙާލަތްތަކުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި "ފަތުރުވެރިންނަށް މޫދު ކުޅިވަރު އަދި މޫދާ ގުޅުންހުރި އަދި ފެނުގައި ހިންގޭ އެކި އެކި ކުޅިވަރުތަކާއި ހަރަކާތްތައް އަދި އެކްސްކަރޝަން ކުޅިވަރުތަކުގެ ހަރަކާތްތަކުގެ ޚިދުމަތްދިނުމާ ގުޅޭ ގަވާއިދު" ގެ ގޮތުގައި އެކުލަވާލާ އާ ގަވާއިދު ވަރަށް އަވަހަށް ނިންމައި ގެޒެޓްކުރެވޭނެކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ރަސްމީ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ރަސްމީ
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އެހެން ކޮމިޓީއެއްގައި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
24 ޖޫން 2025
ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެސްޓްހައުސްތަކުން ފޯރުކޮށްދޭ އެކްސްކަރޝަންގެ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެކަން ބެލުމަށް ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
22 އޮކްޓޯބަރު 2024
ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA