ގަވާއިދު ކޮމިޓީ
15 ޖުލައި 2025 11:00 ނަންބަރު M20/M/GV/2025/08
މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކުން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ފުށުއެރުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.
މީގެއިތުރުން، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކުރާ ގޮތުން ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބައިވެރިނުވެވޭތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ވެސް އެ މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ. އެގޮތުން، މިނިސްޓްރީން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެފަދަ ރަސްމިއްޔާތުތައް ޝަރަފުވެރި ނުކުރެވޭގޮތަށް ކަނޑައަޅާފައި ނުވާކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
24 ޖޫން 2025
މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖައްސާ އުސޫލު ބެއްލެވުމަށް ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
25 ޖޫން 2024
މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ހަދާފައިވާ ގަވާއިދުތައް ޤާނޫނުތަކާ ތަޢާރުޒުވޭތޯ ދިރާސާކުރުމަށް ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA