ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
23 ޖުލައި 2025 10:13 ނަންބަރު M20/M/HG/2025/13
މިއަދުގެ ބައްދަލުވުމުގައި ކުރިޔަށްގެންގޮސްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ ދަށުން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ޚުލާޞާ މޮނިޓަރިންގ ރިޕޯޓާ ގުޅޭގޮތުން، އެ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެގޮތުން، އެ ރިޕޯޓުތަކުން ފާހަގަވާ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި، އެ އޮތޯރިޓީގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.
މި ޕްރެޒެންޓޭޝަނުގައި 2024 ވަނަ އަހަރު އެ އޮތޯރިޓީން ކުރައްވާފައިވާ އަދި މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، އެ އޮތޯރިޓީއަށް ކުރިމަތިވާ ގޮންޖެހުންތައް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. އަދި، އެ އޮތޯރިޓީގެ މަސައްކަތްތައް ކުރުމަށް ބަޖެޓްގެ ދަތިކަން ހުރިކަމާއި، ދިވެހިރާއްޖޭގައި 'ރޭޕް އެވިޑެންސް ކިޓް' ހުރި ހަމައެކަނި ހޮސްޕިޓަލްތަކަކީ ހުޅުމާލެ ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. މިއާއެކު، އެ އޮތޯރިޓީގެ ފަރާތުން މޮނިޓަރކުރެވުނު 193 ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން 'ވިކްޓިމް އެންޑް ޓްރޯމާ އިންފޯމްޑް ޓްރެއިނިންގ' ފުރިހަމަކޮށްފައިވަނީ ހަމައެކަނި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޞިއްޙީ ޚިދުމަތްތެރިއެއް ކަންވެސް ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި އެ އޮތޯރިޓީން ކުރިއަށްގެންދަމުންދާ އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތަފްސީލުވެސް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ.
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ރަސްމީ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ރަސްމީ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
9 ޖުލައި 2025
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި 2024 ވަނަ އަހަރުގެ ޚުލާޞާ މޮނިޓަރިންގ ރިޕޯޓާ ގުޅޭގޮތުން، އެ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA