ޕެޓިޝަން ކޮމިޓީ
22 ޖުލައި 2025 11:00 ނަންބަރު M20/M/PT/2025/11
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަދަނީ މުވައްޒަފުން ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި ޕެޓިޝަނާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް މުވައްޒަފުންނާ ބައްދަލުކޮށް ލިބުނު މަޢުލޫމާތުގެ އަލީގައި، ނޭޝަނަލް ޕޭ ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކަށް ބައްސަވައިގެން ކުރައްވަމުން ގެންދަވާކަމަށާއި، ފިސްކަލް ޙާލަތު ތަންދޭ މިންވަރަކުން އެކި ފަންނުތަކުގެ މުވައްޒަފުން އެ އޮނިގަނޑަށް ހިޖްރަކުރެވެމުންދާނެ ކަމަށާއި، އަދި އެ މަސައްކަތުގެ ތެރެއިން ޕެޓިޝަނުގައި ފާހަގަކުރައްވާފައިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން މަޢުލޫމާތު ދެއްވާފައިވާތީ، އެކަން ޕެޓިޝަން ހުށަހެޅުއްވެވި ފަރާތްތަކަށް އެންގުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
އެއަށްފަހު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ޢިނާޔަތްތައް ލިބުމުގައި އިޙުމާލުވެފައިވާތީ އެކަމާ ގުޅިގެން ހުށަހަޅުއްވާފައިވާ ޕެޓިޝަން ދިރާސާކުރެއްވިއެވެ. އެގޮތުން، މި ޕެޓިޝަނާ ގުޅޭގޮތުން ލިޔުމުން މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތަށް ސިޓީއެއް ފޮނުވުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
ދެން ކުރިއަށް ގެންދެވީ ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ހުށަހަޅާ ޕެޓިޝަން ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި ޕެޓިޝަނުގައި ފާހަގަކުރައްވާ މައްސަލައާ ގުޅޭ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެކޮމިޓީން އެ މަސައްކަތްކޮށް ނިންމުމުން މި ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި، ސަރުކާރުން ފޯރުކޮށްދީފައިވާ ދަރިވަރުންގެ ލޯނު ސްކީމްގެ ދަށުން ސްޕެއިންގައި ކިޔަވަމުންދާ އެންމެހާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަން ދިރާސާކުރެއްވިއެވެ. އެގޮތުން، މި ޕެޓިޝަނުގައި ފާހަގަކުރައްވާފައިވާ މައްސަލައާ ގުޅޭ އަދާހަމަ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށް ސިޓީއެއް ފޮނުވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ރަސްމީ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
ސަލާމް
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
13 ޖުލައި 2025
ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ހުށަހަޅާ ޕެޓިޝަން.
ކުރިޔަށް ދަނީ
15 އޭޕްރީލު 2025
ސަރުކާރުން ފޯރުކޮށްދީފައިވާ ދަރިވަރުންގެ ލޯނު ސްކީމްގެ ދަށުން ސްޕެއިންގައި ކިޔަވަމުންދާ އެންމެހާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަން.
ކުރިޔަށް ދަނީ
15 އޭޕްރީލު 2025
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާ ޕެޓިޝަން
ކުރިޔަށް ދަނީ
5 ޑިސެމްބަރު 2024
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަދަނީ މުވައްޒަފުން ހުށަހަޅާ ޕެޓިޝަން
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA