ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2025 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

4 އޯގަސްޓު 2025 11:09 ނަންބަރު M20/M/JD/2025/32

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

އެގޮތުން، މައްސަލައާއެކު ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވާ ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު ގޮތެއް ނިންމެވުމަށް ފެނިވަޑައިގަންނަވާކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނަޢީމް ވިދާޅުވިއެވެ.

އަދި، އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ އެންމެ ޤާބިލު ބޭފުޅާކަމަށް ފެނިވަޑައިގަންނަވާކަމަށާއި، އެ ބޭފުޅާ އަށް ރުހުންދިނުމަށް ފެންނަކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވިއެވެ. އަދި، މި ހުށަހެޅުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. 


(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.) 


އެއަށްފަހު، ޤާނޫނު ނަންބަރު 2025/8 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި 31 ޖުލައި 2025 ގައި ހަމަވެފައިވާތީ، އެ ބިލު ދިރާސާކުރުމުގެ މަސައްކަތްކުރުމުގެ ސުންގަޑި އިތުރުކުރުމާމެދު މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި، އެ ބިލު ދިރާސާކުރުމުގެ ސުންގަޑި 10 އޮގަސްޓު 2025 އަށް އިތުރުކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވެއެވެ. އެ ހުށަހެޅުއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރައްވާފައިވެއެވެ.

 

މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. 


(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.) 


ދެން މި ބައްދަލުވުމުގައި ކޮމިޓީން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު ނަންބަރު 2025/8 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މި ބިލުގެ މާއްދާތައް ވަކިވަކިން ކިޔުމަށްފަހު، ބިލާގުޅޭގޮތުން މެންބަރުން ސާފުކުރެއްވުމަށް ބޭނުންފުޅުވާ ކަންކަން ބަންޑާރަނައިބުގެ އޮފީހުން ސާފުކުރެއްވުމަށްފަހު އެ ބިލު ފާސްކުރުމާމެދު ވޯޓު ނެންގެވުމަށް ނިންމަވައި، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގެ ހާޒިރީ

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ރަސްމީ

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

އެހެން ކޮމިޓީއެއްގައި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވޯޓުގައި ބައިވެރިނުވާ

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ފެންނަކަމަށް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
1
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
1
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ފެންނަކަމަށް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
7
ވޯޓުދިން މެންބަރުން
7
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
7
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
7
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 އޯގަސްޓު 2025

އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

7 ޖުލައި 2025

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2025 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    01
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA