ގެދޮރުވެރިކަމުގެ ކޮމިޓީ
6 އޯގަސްޓު 2025 11:00 ނަންބަރު M20/M/GD/2025/3
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ، ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލަށް ހުށަހަޅުއްވާފައިވާ ޚިޔާލުތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅެއް ލިބިފައި ނުވާތީ، ބިލުގެ މާއްދާތައް ވަކިވަކިން ރެކޯޑުގައި ކިޔުމަށް މެންބަރަކު ހުށަހެޅުއްވުމުން، ބިލުގެ ފުރަތަމަ މާއްދާއިން ފެށިގެން 8 ވަނަ މާއްދާގެ ނިޔަލަށް އިއްވާފައިވެއެވެ. ނަމަވެސް ބިލުގެ މާއްދާތައް ކިޔަމުންދާއިރު އެ ބާބަކަށް ނުވަތަ އެ މާއްދާއަކަށް ހުށަހަޅުއްވާފައިވާ ޚިޔާލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މެންބަރުންގެ ބޭނުންފުޅުވާތީ، އެ ބިލަށް ހުށަހަޅުއްވާފައިވާ ޚިޔާލުތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅެއް ކޮމިޓީއަށް ލިބުމުން ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރެއްވިއެވެ.
އެހެންކަމުން، ބޯހިޔާވަހިކަމުގެ ބިލަށް ހުށަހަޅުއްވާފައިވާ ޚިޔާލުތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅު ކޮމިޓީއާ ޙިއްޞާކުރެއްވުމުން ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދިއުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
ޙުސައިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
7 މޭ 2025
ބޯހިޔާވަހިކަމުގެ ބިލު
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA