ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
11 އޯގަސްޓު 2025 11:30 ނަންބަރު M20/M/SOE/2025/08
މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައި ހުންނެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ ބަދަލުގައި، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ކޮމިޓީއަށް ހަމަޖެއްސެވުމާ ގުޅިގެން، ކޮމިޓީގެ މުޤައްރިރުގެ މަޤާމު ހުސްވެފައިވާތީ، އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމުގެ މަސައްކަތެވެ.
ބައްދަލުވުން ފެށްޓެވިއިރު ރިޔާސަތު ބެލެހެއްޓެވީ ކޮމިޓީގެ ނައިބު މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިންއެވެ. މުޤައްރިރުކަމަށް މެންބަރެއްގެ ނަން ހުށަހެޅުއްވުމަށް މެންބަރުންނަށް ފުރުޞަތު ހުޅުވާލުމާއެކު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ތާއީދުކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީގެ ނަންފުޅެވެ.
އެހެންކަމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އިންތިޚާބުކުރުމަށް ފާސްވެފައިވެއެވެ.މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
މުޤައްރިރުކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީގެ ނަންފުޅު ފާސްވުމާއެކު މުޤައްރިރުކަމާ ހަވާލުވެ ބައްދަލުވުން ކުރިއަށް ގެންދެވިއެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
11 އޯގަސްޓު 2025
ކޮމިޓީގެ މުޤައްރިރު އިންތިޚާބު ކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA