އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
13 އޯގަސްޓު 2025 11:00 ނަންބަރު M20/M/EC/2025/12
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ ޤާނޫނު ނަންބަރު 2021/9 (ކްލައިމެޓް އެމަރޖެންސީ ޤާނޫނު) ގެ ދަށުން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްއާ ބައްދަލުކުރެއްވުމެވެ.
މިގޮތުން، ޤާނޫނު ނަންބަރު 2021/9 (ކްލައިމެޓް އިމަރޖަންސީ ޤާނޫނު) ތަންފީޒުކުރެވެމުންދާ މިންވަރާ ގުޅޭގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަބްކޮމިޓީގެ ފަރާތުން އެކުލަވާލާފައިވާ ރިޕޯޓުގެ 6 ވަނަ ނަންބަރުގައި ކޮމިޓީން ފާހަގަކޮށްފައިވާ 15 ނުކުތާއާއި އަދި 7 ވަނަ ނަންބަރުގައި ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި އަދި އެކަންކަން ހާސިލުކުރެއްވުމަށްޓަކައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެންނެވުނު ކަންކަން ހާސިލުކުރުމަށްޓަކައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސްޕެޝަލް އެންވޯއީގެ ފަރާތުން ކޮމިޓީއާ ޙިއްސާކުރެއްވި ކަންކަމާއި، ދެންނެވުނު ޤާނޫނު ތަންފީޒު ކުރުމުގައި ސްޕެޝަލް އެންވޯއީއަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާއި އަދި މި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތު ލިޔުމުން ކޮމިޓީއާ ޙިއްސާކޮށްދެއްވުމަށް ކޮމިޓީގެ ފަރާތުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަށް ވަނީ ދަންނަވާފައެވެ.
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ރަސްމީ
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
ރަސްމީ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ވަޑައިގެންނެވި
13 އޯގަސްޓު 2025
ޤާނޫނު ނަންބަރު 2021/9 (ކްލައިމެޓް އެމަރޖެންސީ ޤާނޫނު) ގެ ދަށުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްއާ ބައްދަލުކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA