އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
18 އޯގަސްޓު 2025 11:00 ނަންބަރު M20/M/EC/2025/13
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ކުރިއަށް ގެންދެވީ ޕްރޮޖެކްޓް ތިމާވެށި އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާއަކާ ގުޅޭގޮތުން، އެ ބޭފުޅުން ކޮމިޓީއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، އެ ބޭފުޅުންނާ ބައްދަލުކުރެއްވުމެވެ.
އެގޮތުން، ޕްރޮޖެކްޓް ތިމާވެށި އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭފުޅުން، އެ ދިރާސާގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އަދި އެ ދިރާސާއާ ގުޅޭގޮތުން ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، އިތުރަށް އެ ދިރާސާގެ މަޢުލޫމާތު ސާފުކޮށްދެއްވިއެވެ.
އެއަށްފަހު ކޮމިޓީން ވަނީ މޯލްޑިވްސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގައި ފާސްކުރި "ޕާލަމެންޓަރީ އެކްޝަން ފޯރ ސޯޝަލް ޑިވެލޮޕްމަންޓް އެންޑް ޖަސްޓިސް" މި ސުރުޚީގެ ގަރާރުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ކޮމިޓީން ކުރައްވާފައިވާ މަސައްކަތްތައް ހިއްސާކޮށްދެއްވުމަށް މަޖިލީހުގެ އިދާރާއިން އެދިލައްވާފައިވާތީ، އިދާރީ މޭޒުން އެ ކަންކަން ބެލުމަށް ހަވާލުކުރުމަށް ކޮމިޓީން ނިންމެވިއެވެ.
އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށް ގެންދަވާ ޓްރޭނިންގ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ މެންބަރުންނަށް އެ ފުރުޞަތު އޮތްކަން ހިއްސާކުރެއްވުމަށްފަހު މިއަދުގެ ކޮމިޓީގެ ބައްދަލުވުން ނިންމާލެއްވިއެވެ.
12 އޯގަސްޓު 2025
ޕްރޮޖެކްޓް ތިމާވެށި އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެދިވަޑައިގެންފައިވާތީ އެ ބޭފުޅުންނާ ބައްދަލުކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA