ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
18 އޯގަސްޓު 2025 12:30 ނަންބަރު M20/M/SOE/2025/09
މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުން ހޯދަންޖެހޭ ޚިދުމަތްތައް ގުޅިފައިވާ އެއް ވިއުގައެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި 2023 ވަނަ އަހަރު "ވަންގަވް" ތަޢާރަފްކޮށްފައިވާއިރު، ސަރުކާރުގެ އިދާރާތަކުން އެ ވިއުގައި ބައިވެރިނުވާ ސަބަބުތަކާއި، އެކަމުގެ ހުރި ހުރަސްތައް ދެނެގަތުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.
އެގޮތުން، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެއްވާ ޚިދުމަތްތައް ވަންގަވް އަދި ޓްރޭޑިއަންގެ ދަށުން ފޯރުކޮށްދެއްވުމަށްޓަކައި، އެ ކުންފުނިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަކުރެއްވުމަށްޓަކައި ޤާނޫނީ، މާލީ އަދި އެހެނިހެން ގޮތްގޮތުން ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި، މި މައްސަލައާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް އެ ކުންފުނިން ޖަވާބުދާރީވެފައިވެއެވެ.
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން
1. އަލްފާޟިލާ ސަޢީދާ ޢުމަރު، މެނޭޖިންގ ޑިރެކްޓަރ
2. އަލްފާޟިލް އަބްދުލްމުޤީތު، ޗީފް ފައިނޭންޝަލް އޮފިސަރ
3. އަލްފާޟިލް އަޙްމަދު ސަމްޢޫން، ޖެނެރަލް މެނޭޖަރ (އައި.ސީ.ޓީ)
4. އަލްފާޟިލް އަޙްމަދު ވާރިޝް މުޙައްމަދު، ޖެނެރަލް މެނޭޖަރ (ބިޒްނަސް ޑިވެލޮޕްމަންޓް)
5. އަލްފާޟިލް މުޙައްމަދު ޝީނާޒް ސަޢީދު ، ޖެނެރަލް މެނޭޖަރ (ބްރޭންޑް އެކްސްޕީރިއަންސް
6. އަލްފާޟިލް މުޙައްމަދު ޔޫޝަޢު، މާރކެޓިންގ ލީޑް
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
12 މޭ 2025
ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓު ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ބިލުކުރުމުގެ ނިޒާމް ޤާއިމްނުކުރެވި ލަސްވަމުންދާ މައްސަލަ.
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA