ޢާންމު ކޮމިޓީ

ޢާންމު ކޮމިޓީގެ 2025 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

17 އޯގަސްޓު 2025 11:00 ނަންބަރު M20/M/AM/2025/16

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރެއްވިއެވެ.


އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙަށް ހުށަހެޅުނު އިތުރު 3 އިޞްލާޙާއި، އިދާރީ މޭޒުން ގެންނެވި އިމުލާ ކުށްތަކާއި އެއްކޮށް، މުޅި ބާބަށް ގެނެވުނު ހުރިހާ އިޞްލާޙުތަކާއެކު 51 ވަނަ ބާބު އިޞްލާޙުކުރުމަށް ފެންނަކަމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ތާއީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.


މީގެ އިތުރުން، މި އިޞްލާޙު މިގޮތަށް ފާސްވެގެން ދިޔުމާއެކު މިކަމުގައި ނާޖާއިޒު ފައިދާ ނަގާނެ ފަރާތްތައްވެސް އުޅޭނެކަމާއި، އެހެންކަމުން، ސޮއި ފޯޖުކޮށްފައިވާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތެއް ނުވަތަ މަޖިލީހުން ކަނޑައަޅާނެ އުޞޫލެއް އޮންނަންވާނެކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ފާހަގަކުރެއްވިއެވެ. 

ބައްދަލުވުމުގެ ހާޒިރީ

ޙުސައިން އިމްރާން ލަޠީފް

ހެންވޭރު ދެކުނު ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ރަސްމީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ރަސްމީ

ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު

އަލިފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ދުވާފަރު ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޙަންނާން އަބޫބަކުރު

ތުޅާދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ރިޟާ އާދަމް

މާފުށި ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ވަޑައިނުގަންނަވާ

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ރިޔާޟް

ތިމަރަފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 އޮކްޓޯބަރު 2024

ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    02
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA