މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
15 ސެޕްޓެމްބަރު 2025 11:15 ނަންބަރު M20/M/MM/2025/35
މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން، އެ ބިލަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އިޞްލާޙުތަކާ އެއްގޮތަށް އިސްލާޙުކުރައްވަމުންގެންދެވިއެވެ. އެއަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކާއެކު ވަކިވަކި މާއްދާތައް ރެކޯޑުގައި ވިދާޅުވެ، ކޮންމެ މާއްދާއަކާ މެދު ދެކިވަޑައިގަންނަވާ ގޮތް، އަދި ގެންނަވަން ހުށަހަޅުއްވާ އިޞްލާޙު ރެކޯޑުގައި ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީގެ ކަނޑައެޅިފައިވާ 1 ގަޑިއިރާއި 30 މިނެޓުގެ ވަގުތު ހަމަވާތީ، ކޮމިޓީގެ ވަގުތު އިތުރުކުރުމަށް މެންބަރުންނަށް ހުޅުވާލެއްވި ފުރުސަތުގައި، މިއަދުގެ ކޮމިޓީގެ މަސައްކަތް ނިމެންދެން ވަގުތު އިތުރު ކުރުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވިއެވެ.
އެހެންކަމުން، ކޮމިޓީގެ ވަގުތު އިތުރުކުރުމަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.
އެއަށްފަހު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، ބާކީ ހުރި މާއްދާތަކަށް ގެންނަވަން ނިންމެވި އިޞްލާޙުތައް ހިމެނޭހެން ހުރިހާ މާއްދާއެއް ރެކޯޑުގައި ވިދާޅުވެ، އެ މާއްދާތަކާއި އިޞްލާޙުތަކަށް ގެންނަވަން ހުށަހަޅުއްވާ އިޞްލާޙު ހުށަހެޅުއްވިއެވެ. އެގޮތުން، މުޅި ބިލު އެއްކޮށް އިއްވަވާ ނިމުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ހުށަހެޅުންތަކަށް ތާއީދުކުރުމަށް ކޮމިޓީގެ މުޤައްރިރު ހުޅުވާލެއްވިއެވެ. ނަމަވެސް އެއްވެސް މެންބަރަކު ތާއީދުނުކުރެއްވުމުން، ކޮމިޓީ ފެށިއިރު ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ތާއީދުކުރެއްވި ހުށަހެޅުންތަކަށް ވޯޓަށް އެއްސެވިއެވެ.
މި ހުށަހެޅުމުގައި ވޯޓަށް އެއްސެވުމުން، ކޮމިޓީގެ 7 މެންބަރުން އެ އިޞްލާޙުތަކާއެކު ބިލު ފާސްކުރުމަށް ވޯޓުދެއްވިއެވެ. އެހެންނަމަވެސް، މެންބަރުން ފެންނަ ކަމަށް ވޯޓަށް އަތް ނެންގެވިފަހުން، ކޮމިޓީ ރޫމްގައި ތިއްބެވި ނޫސްވެރިން ކޮޅަށް ތެދުވެ އަޑުގަދަކުރަން ފެށުމުން ކޮމިޓީގެ ބައްދަލުވު މެދުކަނޑާލެއްވިއެވެ.
މި ހުށަހެޅުންތަކަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
28 އޯގަސްޓު 2025
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA