ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2025 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

15 ސެޕްޓެމްބަރު 2025 11:00 ނަންބަރު M20/M/HG/2025/20

ޚުލާސާ

މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤަނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ.


އެގޮތުން، މި މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުން ކޮށްފައިވާ މަޝްވަރާތަކުގައި މެންބަރުން ފާހަގަކޮށްފައިވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާފައިވާ ފަރާތަކީ، އެފަރާތުގެ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަރވިއުއަށް ބަލައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވާ ފަރާތެއްކަމަށްވާތީ، އެފަރާތާ އިތުރު އިންޓަރވިއުއެއް ކުރުމެއްނެތި އެ މައްސަލައާ މެދު ކޮމިޓީން އަވަހަށް ގޮތެއް ނިންމުމަކީ މުހިއްމު ކަމެއްކަމުގައެވެ.


އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ، އެ ކޮމިޝަނުގެ މެންބަރު، މ. ޕޮޕީ، އަލްފާޟިލް މުޙައްމަދު ޝަފީޤް މަޙްމޫދު އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވުމަށް ކޮމިޓީއަށް ފެންނަކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

ޙުސައިން ނާޞިޙް

މެދުހެންވޭރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

ފަރުޙަތު މުޙައްމަދު

ކުޅުދުއްފުށި ދެކުނު ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޙަމީދު

ކުޑަހުވަދޫ ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ފަޟީލް

ދާންދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޙުސައިން ނާޞިޙް

މެދުހެންވޭރު ދާއިރާ

ފެންނަކަމަށް

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ފެންނަކަމަށް

ފަރުޙަތު މުޙައްމަދު

ކުޅުދުއްފުށި ދެކުނު ދާއިރާ

ފެންނަކަމަށް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

ޙުސައިން ޙަމީދު

ކުޑަހުވަދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ފަޟީލް

ދާންދޫ ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
9
ވޯޓުދިން މެންބަރުން
9
ހާޒިރުވެތިބި މެންބަރުން
10
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
6
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
10
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ފެންނަކަމަށް
9
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
9
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
6

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 އޮކްޓޯބަރު 2024

ކޮމިޓީން ދިރާސާކުރަމުންގެންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA