މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
6 އޮކްޓޯބަރު 2025 10:00 ނަންބަރު M20/M/MM/2025/37
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް 4 މެންބަރުން ޢައްޔަން ކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައެވެ.
އެގޮތުން، މައްސަލައަށް މަޝްަރާކުރުމަށް މެންބަރުންނަށް ހުޅުވާލި ފުރުޞަތުގައި، އެ މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 14 އޮކްޓޫބަރު 2025 ކަމުގައި ކަނޑައަޅުމަށާއި ނަން ފޮނުވާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެކުލަވާލެވޭ މުވައްޒަފުންގެ ފެނަލްއަށް ޝާހުޒާދު ސަޢީދު، ފާޠިމަތު ނަދާ އަދި ޢާއިޝަތު ރިފާގެ ނަން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 9 އޮކްޓޫބަރު 2025ގެ ނިޔަލަށް ޢާންމުކޮށް އިޢުލާންކުރުމަށާއި ރައީސުލްޖުމްހޫރިއްޔާ ނަންފޮނުއްވާފައިވާ ހުރިހާ ފަރާތްތަކާ 13 އޮކްޓޫބަރު 2025 ގައި އިންޓަރވިއުކުރުމަށް ފެންނަ ކަމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ތާއީދުކުރެއްވިއެވެ.
މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑާއިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކުރައްވާފައެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ސަލާމް
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ސަލާމް
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
6 އޮކްޓޯބަރު 2025
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް 4 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA