މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

14 އޮކްޓޯބަރު 2025 11:00 ނަންބަރު M20/M/ML/2025/37

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާ ގުޅިގެން، އެ އިޞްލާޙުތައް ގެނައުމާމެދު ބަންޑާރަނައިބާއި އޮޑިޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތް ލިޔުމުން ހޯއްދެވުމަށް، އެ އޮފީސްތަކަށް ސިޓީ ފޮނުއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރު އިއުތިރާޒުކުރައްވާފައިނުވާތީ، އެގޮތަށް ރިޔާސަތުން ނިންމެވިއެވެ.

 

އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީގެ އެދިލެއްވުމުގެ މަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ޚާއްޞަ އޮޑިޓް ރިޕޯޓުތަކުގެ މަސައްކަތްތައް، މި ޤަރާރުގެ މަސައްކަތްތަކާ އެކުއެކީ ކުރިއަށްގެންދިއުމަށާއި، ޤަރާރުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ މި މަހުގެ ނިޔަލަށް (31 އޮކްޓޫބަރު 2025) ކަމުގައި ކަނޑައެޅުއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރު އިއުތިރާޒުކުރައްވާފައިނުވާތީ، އެގޮތަށް ރިޔާސަތުން ނިންމެވިއެވެ. މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ޚާއްޞަ އޮޑިޓް ރިޕޯޓުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

 

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރެވިފައިވާ 4 އަދި 5 ވަނަ ނަންބަރުގައިވާ މައްސަލަތަކާމެދު ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށް ރިޔާސަތުން ނިންމެވުމަށްފަހު، މިއަދުގެ ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ރަސްމީ

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 އޮކްޓޯބަރު 2025

ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

13 އޮކްޓޯބަރު 2025

ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

13 އޮކްޓޯބަރު 2025

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA