މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2025 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

21 އޮކްޓޯބަރު 2025 12:36 ނަންބަރު M20/M/ML/2025/39

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެކި ފަރާތްތަކަށް ވިޔަފާރިކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުގެ ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެމުންނުދާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު" ގައި ކޮމިޓީން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް އެ ކޯޕަރޭޝަނުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން، ލިބެންޖެހޭ ފައިސާ ހޯދުމަށް މިހާތަނަށް އެ ކޯޕަރޭޝަނުން ކޮށްފައިވާ މަސައްކަތްތަކާއި، ނުލިބިވާ ފައިސާގެ ތެރެއިން ރިކަވަރކުރެވޭނެކަމަށް އަންދާޒާކުރެވޭ ޢަދަދާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ ކޯޕަރޭޝަނަށް ގަވާއިދުން ކުލި ދައްކަމުންނުދާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލުކުރުމުގައި ޢަމަލުކުރާގޮތާއި، ސަރުކާރުގެ މުއައްސަސާތަކަށް ގިނަ ޢަދަދެއްގެ ފައިސާ ދައްކަންހުރި ކުންފުނިތަކަށް ސަރުކާރުގެ ޕްރޮޖެކްޓްތައް އެވޯޑްކުރެވޭ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


އޭގެ އިތުރުން، އެ ރިޕޯޓުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ކޮމިޓީން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމަށް އެ މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.

 


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެންނެވި ބޭފުޅުން

  1. ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު، މެނޭޖިންގ ޑިރެކްޓަރ
  2. އަލްފާޟިލް އަޙްމަދު ސާމިހް، ފައިނޭންޝަލް އޮފިސަރ
  3. އަލްފާޟިލާ މަރިޔަމް ޝަމްލާ، ފައިނޭންޝަލް ކޮންޓްރޯލަރ


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 ނޮވެމްބަރު 2024

ވިޔަފާރި ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުގެ ކުލި ދައްކަމުންނުގެންދާ ފަރާތްތަކުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA