ލާމަރުކަޒީ ކޮމިޓީ
14 އޮކްޓޯބަރު 2025 10:00 ނަންބަރު M20/M/LM/2025/18
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ޤަރާރުގެ ސުންގަޑި 15 އޮގަސްޓު 2025 އަށް ހަމަވެފައިވާތީ އެ ޤަރާރުގެ ސުންގަޑި އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވައި، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ތާއީދުކުރައްވާފައިވަނީ ޤަރާރުގެ މަސައްކަތް ނިންމުމުގެ ސުންގަޑި 30 ނޮވެންބަރު 2025 އަށް އިތުރުކުރުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްވިއެވެ.
އެއަށްފަހު ކުރިއަށް ގެންދެވީ އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ހުށަހަޅުއްވާފައިވާ އައްޑޫސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ބިމުން ބޮޑުބައެއް އަމިއްލަ ފަރާތަކަށް ބިޑުކުރުމެއްނެތި، ގަވާއިދާ ޚިލާފަށް ދިގުމުއްދަތަކަށް ދޭން ހަމަޖެއްސުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން އެ މައްސަލައިގެ ތަފްޞީލުތައް ކޮމިޓީއަށް ޙިއްސާކުރެއްވުށްފަހު، އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރާ ގުޅޭ އިތުރު 2 (ދޭއް) މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވިއެވެ. އެއީ؛
1. މޭޔަރ ޢަލީ ނިޒާރުގެ މަސްލަހަތު ހިމެނޭ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް އައްޑޫސިޓީ ކައުންސިލުން 2013 ވަނަ އަހަރު މަސްވެރިކަމުގެ މަސައްކަތަށް އައްޑޫސިޓީ ހިތަދޫ އާރު.އޭ.އެފް ސަރަޙައްދުން ދޫކޮށްފައިވާ ކުލީބިމަށް ދައްކަންޖެހޭ 10 އަހަރު ދުވަހުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތްއިރު، 2023 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނިކޮށް އަދި އެ ކުންފުނި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އުވާލަން ނިންމާފައިވަނިކޮށް، 8 ޑިސެންބަރު 2024 ގައި މޭޔަރު ޢަލީ ނިޒާރު ބައިވެރިވެފައިވާ ލޭންޑް ކޮމިޓީގެ 43 ވަނަ ޖަލްސާއިން މާލިއްޔަތު ގަވައިދާއި ޚިލާފަށް އެ ފައިސާ މާފުކޮށްދީ، 20 އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާ މައްސަލަ؛ އަދި
2. އައްޑޫ ސިޓީ ކައުންސިލަށް 3 ރޯޑް ސްވީޕަރު ގަތުމަށް، އަމިއްލަ ކުންފުންޏަކާ އައްޑޫސިޓީ ކައުންސިލާ ދެމެދުވެވުނު އެއްބަސްވުމާ ޚިލާފަށް އެފަރާތުން ރޯޑް ސްވީޕަރު ސަޕްލައި ނުކޮށްދިނުމުން، އެ އެއްބަސްވުމުގެ ދަށުން އެޅޭނެ ފިޔަވަޅުތަށް ބަޔާންވެފައިވަނިކޮށް، އެ އެއްބަސްވުން ބާޠިލްކޮށް، ކައުންސިލުން ދެއްކި އެޑްވާންސް ފައިސާ އަދި ލިކުއިޑޭޓް ޑެމޭޖެސްގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާ މާލިއްޔަތު ޤާނޫނާ އަދި ގަވާއިދާ ޚިލާފަށް މާފުކޮށްދީފައިވާ މައްސަލަ ބައްލަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެވެ.
ކޮމިޓީއަށް ހުށަހެޅުނު 2 (ދޭއް) މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމެވުމަށް މުޤައްރިރު ވޯޓަށް އެއްސެވިއެވެ. އެ މައްސަލަތައް ބަލައިގަތުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މައްސަލަތައް ބަލައިގަތުމަށް ފާސްވިއެވެ.
އެންމެފަހު މަސައްކަތެއްގެ ގޮތުން ކޮމިޓީން ކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، މި މައްސަލަތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މައްސަލަ ތަޙުޤީޤުކުރުމަށް ފޮނުއްވައި އެ ތަޙުޤީޤީ ރިޕޯޓު އެ އިދާރާތަކުން ކޮމިޓީއަށް ފޮނުވުމަށް އެންގުމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ހުށަހެޅުއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ރަސްމީ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިނުގަންނަވާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ރަސްމީ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
14 އޮކްޓޯބަރު 2025
ގަވައިދާ ޚިލާފަށް، ބިޑްކުރުމެއް ނެތި އަމިއްލަ ފަރާތަކަށް އައްޑޫސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ބިމުން ބޮޑު ބައެއް ދޭން ހަމަޖެއްސުމާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
14 އޮކްޓޯބަރު 2025
މޭޔަރ ޢަލީ ނިޒާރުގެ މަޞްލަޙަތު ހިމެނޭ ފަރާތެއްގެ ނަންމަތީ ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް އައްޑޫ ސިޓީގެ ބިން ކުއްޔަށް ދިނުމުގެ މުއްދަތު އިތުރުކޮށްފައިވާތީ ހުށަހަޅާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
14 އޮކްޓޯބަރު 2025
3 ރޯޑް ސްވީޕަރު ގަތުމަށް، އަމިއްލަ ކުންފުންޏަކާ އައްޑޫސިޓީ ކައުންސިލާ ދެމެދުވެވުނު އެއްބަސްވުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA