އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2025 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

27 އޮކްޓޯބަރު 2025 11:00 ނަންބަރު M20/M/EC/2025/15

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކޮމިޓީން ކުރިއަށް ގެންދެވީ ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހިންގުމުގެ ހުއްދަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ލިބޭނެ ގޮތް ހައްދަވައިދެއްވުން އެދި ހދ. މަކުނުދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައެވެ. އެގޮތުން، އެ ސެންޓަރަށް ހުއްދަ ނުލިބޭ ސަބަބު ހޯދުމަށާއި މި މައްސަލައިގައި ހދ. މަކުނުދޫ ކައުންސިލުގެ ސިޓީއެއް ލިބިފައިވޭތޯއާއި ލިބިފައިވާނަމަ މިހާތަނަށް ޖަވާބުދެއްވާފައިނުވާ ސަބަބު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ލިޔުމުން ހޯދުމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވައި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ތާއީދުކުރެއްވިއެވެ.

އެ ހުށަހެޅުމަށް ތާއީދު ލިބި، އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރައްވާތީ، ކޮމިޓީން އެގޮތަށް ނިންމެވިއެވެ.

ދެވަނަ ކަމަކަށް ކޮމިޓީން ކުރިއަށް ގެންދެވީ، ޔޫ އެންޑް މީ ރިސޯޓުން ގިރިއަކަށް ކުނި އަޅާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީން ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރުމަށް، އެ ރިސޯޓަށް ކުރި ދަތުރުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރުމެވެ. އެގޮތުން، ކޮމިޓީގެ ފަރާތުން އެ ރިސޯޓަށް ކުރި ދަތުރުގައި ފާހަގަވިކަންކަން ކޮމިޓީއާ ހިއްސާކުރެއްވުމަށްފަހު އެ މައްސަލަ ކޮމިޓީން ނިންމެވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން ކުރިއަށް ގެންދެވީ، މ. ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ މަސައްކަތް ފެށިފައިނުވާތީ އެ ޚިދުމަތް ފޯރުކޮށްދެވޭނެ ދުވަހަކާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ. އެގޮތުން، އެ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކޮމިޓީން ކަމާ ގުޅޭ އިދާރާތަކަށް ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބު ލިބިފައިވާތީ، އެ ސިޓީތަކާ މެދު ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އަދި، އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭޑް އިން ބަޖެޓް ހަމަޖައްސަވައިދެއްވުމުން ކަމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ސިޓީގައި ފާހަގަކޮށްފައިވާތީ، އެ މަޝްރޫޢުއަށް ބޭނުންވާ ބަޖެޓް ހަމަޖައްސަވައިދެވޭނެ ތާރީޙެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭޑުން ހޯދުމަށް ކޮމިޓީން ނިންމެވިއެވެ.

ދެން، ކޮމިޓީން ކުރިއަށް ގެންދެވީ، ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައިގައި ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުމުގެ މައްސަލައެވެ. އެގޮތުން، ސެކްރެޓޭރިއެޓުން އެ ރިޕޯޓު ކޮމިޓީއަށް އިއްވެވުމުން، އެ ރިޕޯޓާ މެދު ކޮމިޓީން މަޝްވަރާކުރެއްވިއެވެ. އަދި، ދެން އަންނަ ބައްދަލުވުމެއްގައި އެ ރިޕޯޓަށް ގޮތެއް ނިންމެވުމަށް މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ރަސްމީ

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ރަސްމީ

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ރަސްމީ

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 އޮކްޓޯބަރު 2025

ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހިންގުމުގެ ހުއްދައާ ގުޅޭ މައްސަލަ.

ކުރިޔަށް ދަނީ

13 މޭ 2025

މ. ކޮޅުފުށީ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ނަރުދަމާ، ކަރަންޓް ނެޓްވޯކް އަދި ފެން ގުޅުމުގެ މަސައްކަތް ފެށިފައި ނުވާ މައްސަލަ

ކުރިޔަށް ދަނީ

17 މާރިޗު 2025

ރިސޯޓަކުން ގިރިއެއް ކައިރިއަށް މޫދަށް ކުނި އަޅާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 އޯގަސްޓު 2024

ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    03
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA