ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2025 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

28 އޮކްޓޯބަރު 2025 11:00 ނަންބަރު M20/M/HG/2025/24

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގޮސްފައިވާނީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތާ އިންޓަރވިއުކުރުމެވެ.


އެގޮތުން، އެ ފަރާތާ އިންޓަރވިއު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި، ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާރކްސް ދެއްވުމުން، ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް %90 މާކްސް ލިބިފައިވެއެވެ. 


ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް 75 އިންސައްތައިން ފެށިގެން މަތިން މާރކްސް ލިބިފައިވާތީ، އެފަރާތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ޢައްޔަންކުރަން ފެންނަކަމުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ތާޢީދުކުރެއްވިއެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްވެފައިވެއެވެ. 


ބައްދަލުވުމުގެ ހާޒިރީ

ޙުސައިން ނާޞިޙް

މެދުހެންވޭރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

ފަރުޙަތު މުޙައްމަދު

ކުޅުދުއްފުށި ދެކުނު ދާއިރާ

ސަލާމް

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޙަމީދު

ކުޑަހުވަދޫ ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ފަޟީލް

ދާންދޫ ދާއިރާ

ރަސްމީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަބްދުއްރަޙްމާން

ހިންނަވަރު ދާއިރާ

ރަސްމީ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 އޮކްޓޯބަރު 2025

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    02
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA