ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
2 ނޮވެމްބަރު 2025 14:00 ނަންބަރު M20/M/GT/2025/12
މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ "ޤާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލު" ދިރާސާކުރެއްވުމެވެ. އެގޮތުން އެ ބިލުގެ ހުރިހާ މާއްދާއެއް ދިރާސާކުރައްވައި ބިލަށް ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު ފާސްކުރެއްވިއެވެ. އަދި އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، އަދި އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އިޞްލާހުކުރުމަށް ބިލުގައި ހުށަހަޅާފައިވާ މާއްދާތައް އިޞްލާޙްކުރެއްވުމަށް ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ހުށަހަޅުއްވައި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ތާއީދުކުރެއްވިއެވެ.
އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.
(އެ ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
އަދި "ޤާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލު" އިން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާހުތަކާ ގުޅިގެން، އިޞްލާޙުކުރަންޖެހޭ އަދި އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް ހަދައި ޢާންމުކުރުމަށް 2 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވައި، އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ތާއީދުކުރެއްވިއެވެ.
އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.
(އެ ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިނުގަންނަވާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ވަޑައިނުގަންނަވާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
9 ޖުލައި 2024
ޤާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA