ގެދޮރުވެރިކަމުގެ ކޮމިޓީ

ގެދޮރުވެރިކަމުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

2 ނޮވެމްބަރު 2025 11:00 ނަންބަރު M20/M/GD/2025/5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ، ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި، ބިލުގެ ފުރަތަމަ މާއްދާއިން 9 ވަނަ މާއްދާގެ ނިޔަލަށް ރެކޯޑުގައި ކިޔުމަށްފަހު، އެ މާއްދާތަކަށް ހުށަހަޅާފައިވާ ޚިޔާލުތަކާ ގުޅޭގޮތުން އަދި އިޞްލާޙު ހުށަހަޅާފައިވާ މާއްދާތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދެއްވާފައިވާ ކޮމެންޓްތަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، ބިލުގެ 3 ވަނަ މާއްދާއާއި އެ މާއްދާއަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)އިން ހުށަހަޅުއްވާފައިވާ ކޮމެންޓު ރެކޯޑުގައި އިއްވައި، މެންބަރުންގެ މަޝްވަރާއަށް ހުޅުވާލެއްވުމުން، އެމް.ބީ.އެސްއިން ހުށަހަޅުއްވާފައިވާ އިޞްލާޙަކީ ރަނގަޅު އިޞްލާޙެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ތާއީދުކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ބިލުގެ 3 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހުށަހަޅުއްވާފައިވާ އެ އިޞްލާޙުތައް ބަލައިގަނެ، ފާސްކުރުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

އެއަށްފަހު، ބިލުގެ 4 ވަނަ މާއްދާއާއި އެ މާއްދާއަށް ލިބިފައިވާ ކޮމެންޓުތައް ރެކޯޑުގައި އިއްވުމަށްފަހު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގައިވާ ގޮތަށް ކައުންސިލުތަކާ ހައުސިންގ ފަދަ ބޮޑެތި މަޝްރޫޢުތައް ޙަވާލުކުރެވޭއިރު ޤާނޫނުގައި ވަކި ގޮތަކަށް ލިޔުމާއި އަދި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އެ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ބަޔާންކޮށްފައިވާ ފަދައިން ޚަރަދުގެ ބަޔަށް ރިޢާޔަތްކުރައްވައި، އެ މާއްދާ ކޮމިޓީން ފާސްކުރުމުގެ ކުރިން، އެ ދެ އިޞްލާޙާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅެއް ހޯއްދެވުމަށް ކޮމިޓީން ނިންމުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ތާއީދުކުރެއްވިއެވެ.

މީގެއިތުރުން، ބިލުގެ 5 ވަނަ މާއްދާއާއި އެ މާއްދާއަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ހުށަހަޅުއްވާފައިވާ ކޮމެންޓު ވެސް ރެކޯޑުގައި އިއްވުމަށްފަހު އެ މާއްދާއާ މެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ބިލުގެ 5 ވަނަ މާއްދާ ބިލުގައި އޮތްގޮތަށް ފާސްކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވިއެވެ. ނަމަވެސް މި ހުށަހެޅުމަށް ތާއީދު ލިބިފައެއްނުވެއެވެ. އަދި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުގެ ފަރާތުން މުޅި ބިލަށް ހުށަހަޅުއްވާފައިވާ ކޮމެންޓުތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅެއް ލިބިފައިނުވާތީ، އެ އިދާރާއިން ހުށަހަޅުއްވާފައިވާ ކޮމެންޓްތަކާ ގުޅޭ މާއްދާތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅު ލިބުމުން އެ މާއްދާތަކާ މެދު ކޮމިޓީގައި މަޝްވަރާކޮށް ގޮތެއް ނިންމެވުމަށް އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ލިބިފައިވާ ކޮމެންޓުތަކާ ގުޅޭ ބިލުގެ މާއްދާތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވައި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ތާއީދުކުރެއްވިއެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުގެ ފަރާތުން މުޅި ބިލަށް ހުށަހަޅުއްވާފައިވާ ކޮމެންޓުތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ލިބިފައި ނުވާތީ، އެ މާއްދާތައް ފަހުން ދިރާސާކުރުމަށް ނިންމައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮމެންޓު ލިބިފައިވާ ބިލުގެ މާއްދާތައް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

އެއަށްފަހު، ބިލުގެ 6 ވަނަ މާއްދާ ރެކޯޑުގައި އިއްވަވައި، އެ މާއްދާއަށް އިޞްލާޙެއް އަދި ކޮމެންޓެއް ވެސް ހުށަހަޅުއްވާފައި ނުވާތީ، ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމެވިއެވެ.

އަދި، ބިލުގެ 7 ވަނަ މާއްދާ ބިލުގައި އޮތްގޮތަށް ފާސްކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ތާއީދުކުރެއްވިއެވެ. 

ބޯހިޔާވަހިކަމުގެ ބިލުގެ 7 ވަނަ މާއްދާ ބިލުގައި އޮތް ގޮތަށް ފާސްކުރުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މީގެ އިތުރުން ބިލުގެ 8 ވަނަ މާއްދާއަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިޞްލާޙު ހިމެނުމަށް ފެންނަ ކަމަށް، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ތާއިދުކުރެއްވިއެވެ. އަދި، ބިލުގެ 9 ވަނަ މާއްދާއަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅުއްވާފައިވާ ކޮމެންޓުގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ކަނޑައެޅުމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ލަފާ ދެއްވާފައިވާތީ، އެ އިދާރާގެ ފަރާތުން ހުށަހަޅުއްވާފައިވާ އިޞްލާހުތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅު އަދި ލިބިފައިނުވާތީ، އެ މާއްދާ ވެސް ފަހުން ދިރާސާކުރުމަށް ނިންމައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.  


ބައްދަލުވުމުގެ ހާޒިރީ

ޙުސައިން ޝަރީފު

ހުޅުމާލެ އުތުރު ދާއިރާ

ސަލާމް

ޙުސައިން އިމްރާން ލަޠީފް

ހެންވޭރު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ސަލާމް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ފަލާޙް

އިނގުރައިދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ރަސްމީ

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޙުސައިން އިމްރާން ލަޠީފް

ހެންވޭރު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޙުސައިން ޝަރީފު

ހުޅުމާލެ އުތުރު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އިބްރާހީމް ފަލާޙް

އިނގުރައިދޫ ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

ޙުސައިން އިމްރާން ލަޠީފް

ހެންވޭރު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޙުސައިން ޝަރީފު

ހުޅުމާލެ އުތުރު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިބްރާހީމް ފަލާޙް

އިނގުރައިދޫ ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
6
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
4
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
6
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
4

ވޯޓުގެ ތަފްސީލް

ޙުސައިން އިމްރާން ލަޠީފް

ހެންވޭރު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޙުސައިން ޝަރީފު

ހުޅުމާލެ އުތުރު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އިބްރާހީމް ފަލާޙް

އިނގުރައިދޫ ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަކިގޮތަކަށް ވޯޓުނުދޭ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ހާޒިރުވެނެތް

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
6
ހާޒިރުވެތިބި މެންބަރުން
7
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ވަކިގޮތަކަށް ވޯޓުނުދޭ
1
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
7
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
6
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
1
ވޯޓުދިން މެންބަރުން
6
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 މޭ 2025

ބޯހިޔާވަހިކަމުގެ ބިލު

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA