ގެދޮރުވެރިކަމުގެ ކޮމިޓީ
2 ނޮވެމްބަރު 2025 13:00 ނަންބަރު M20/M/GD/2025/6
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ، ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ 10 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާ (5 ވަނަ ބާބު)ގެ ނިޔަލަށް މާއްދާތައް ވަކިވަކިން ރެކޯޑުގައި އިއްވާފައިވެއެވެ. ބިލުގެ 10 ވަނަ މާއްދާ ރެކޯޑުގައި އިއްވުމަށްފަހު މެންބަރުންނަށް ހުޅުވާލި ފުރުޞަތުގައި، އެ މާއްދާއަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ އިޞްލާޙާއެކު ފާސްކުރުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ.
އެއަށްފަހު، ބިލުގެ ކޮންމެ ބާބެއް ރެކޯޑުގައި އިއްވުމަށްފަހު، އެ ބާބުގައި ހިމެނޭ މާއްދާތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެ ބާބަކަށް އެއްކޮށް ވޯޓަށް އެހުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ.
އެއަށްފަހު، ބޯހިޔާވަހިކަމުގެ ބިލުގެ 11 ވަނަ މާއްދާއިން ފެށިގެން 18 ވަނަ މާއްދާއާ ހަމައަށް (4 ވަނަ ބާބުގެ ނިޔަލަށް) ބިލު ރެކޯޑުގައި އިއްވައި އެ މާއްދާތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، 4 ވަނަ ބާބަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޑްރާފްޓްކުރައްވަމުން ގެންދަވާ ރިއަލްއެސްޓޭޓް ބިލުގައި ހިމެނުމަށް ނިންމާފައިވާ ބާބެއްކަމަށް އެ އޮފީހުގެ ފަރާތުން ލަފާ ދެއްވާފައިވާތީ، އެ ބާބު ފަހުން ދިރާސާކުރެއްވުމަށް ބޭއްވުމަށް ކޮމިޓީން ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމާލެއްވިއެވެ.
ޙުސައިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާ
ސަލާމް
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ސަލާމް
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ރަސްމީ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ޙުސައިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ޙުސައިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
7 މޭ 2025
ބޯހިޔާވަހިކަމުގެ ބިލު
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA