މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ - 03 (ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޚާއްޞަ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް ހޮއްވެވި)
5 ނޮވެމްބަރު 2025 12:42 ނަންބަރު M20/M/ML-Sub3/2025/02
މިއަދުގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމަށާއި އޮޑިޓްގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަޙުޤީޤު ކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހަރަކާތްތެރިވާ މުވައްޒަފުންގެ މަޢުލޫމާތު ފޮނުވައިދިނުމަށް އެ ކޮމިޝަނަށް ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް އިތުރަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ރަސްމީ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
28 އޮކްޓޯބަރު 2025
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޙާއްޞަ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA