މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ - 03 (ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޚާއްޞަ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް ހޮއްވެވި)
9 ނޮވެމްބަރު 2025 13:14 ނަންބަރު M20/M/ML-Sub3/2025/03
މިއަދުގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓުތަކާ ގުޅޭގޮތުން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓް، އަލްފާޟިލާ ކުލްޝޫމް ޢަލީ (ޗީފް ކޯޕަރޭޓް އޮފިސަރ) އާ ބައްދަލުކުރެއްވިއެވެ. އެގޮތުން، އެ ކޯޕަރޭޝަނުން ފޮނުއްވާފައިވާ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގައި ޝާމިލްވާކަމަށް ލަފާކުރެވޭ މުވައްޒަފުންގެ ލިސްޓްއާ ގުޅޭ އިތުރު މަޢުލޫމާތު އަދި އެ ކޯޕަރޭޝަންގެ އޯގަނައިޒޭޝަނަލް ޗާޓް ފޮނުވައިދިނުމަށް ކޮމިޓީން އެދިވަޑައިގެންނެވިއެވެ. އަދި އޮޑިޓްގައި ފާހަގަކޮށްފައިވާ، އެ ކޯޕަރޭޝަންގެ ފައިސާ ނުދައްކާހުރި ބިލްތަކާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތިރީގައިވާ ބޭފުޅުން އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
28 އޮކްޓޯބަރު 2025
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޙާއްޞަ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA