ބަޖެޓު ދިރާސާކުރާ ކޮމިޓީ
12 ނޮވެމްބަރު 2025 13:00 ނަންބަރު M20/M/BGT/2025/04
މި ބައްދަލުވުމުގައި، 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ކޮމިޝަނުގެ ބަޖެޓާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، 2026 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ކޮމިޝަނުގެ ބޭސްލައިން ބަޖެޓުގެ 78.3 ޕަސެންޓަކީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށްވާއިރު، އެ ކޮމިޝަނަށް ޤާނޫނުއަސާސީ އަދި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާއިން މަތިކުރައްވާފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ތަޙްޤީޤުތައް ހިންގުމަށް ދިވެހިރާއްޖެ މި އޮތް ގޮތުން ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވާނެކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތް ފިޔަވައި ދެން ދިވެހިރާއްޖޭގައި ޖިނާއީ ތަޙްޤީޤު ކުރާ މައި އިދާރާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ވީހިނދު އެ ކޮމިޝަން ހިންގަމުން ގެންދަނީ، ޖާގައިގެ ދަތިކަމާއެކު ޢާންމު ރައްޔިތުން ދިރިއުޅޭ ޢިމާރާތެއްގައިކަމުން ތަޙްޤީޤުތަކަށާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރާ މީހުންގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރުމަށާއި، އަދި ކޮމިޝަންގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަން އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، 2026 ވަނަ އަހަރު ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތައް އަވަސްކުރުމުގެ ގޮތުން ކޮމިޝަން ހިންގަމުންދާ ގޮތަށް ބަދަލުތަކެއް ގެނެވިފައިވާކަމަށާއި، ކޮމިޝަނުން އެދިވަޑައިގަންނަވާ ބަޖެޓު ލިބިއްޖެކަމަށްވާނަމަ، ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެކަމަށާއި، ކޮމިޝަނުގައި ތަޙްޤީޤުތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށާއި، ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ވެސް އެ ޚިދުމަތުގެ އެހީތެރިކަމަށް އެދެންޖެހުމަކީ ކޮމިޝަނުގެ މަސައްކަތްތަކާމެދު ސުވާލު އުފެދޭނެކަމެއް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން:
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ރަސްމީ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ރަސްމީ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
30 އޮކްޓޯބަރު 2025
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާރުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA