ބަޖެޓު ދިރާސާކުރާ ކޮމިޓީ
15 ނޮވެމްބަރު 2025 13:00 ނަންބަރު M20/M/BGT/2025/08
މި ބައްދަލުވުމުގައި، 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން، އެ އޮތޯރިޓީން ކުރިއަށް އޮތް އަހަރުތަކުގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ފަންނީ ގާބިލު މުވައްޒަފުން ރީޓެއިން ކުރުމުގެ މައްސަލަކަމަށާއި، ޕްރައިވެޓް ސެކްޓަރގެ މުސާރަތަކުގެ އިތުރުން ފާއިތުވި މުއްދަތުގައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަ އިތުރުވެގެން ދިއުމުގެ ސަބަބުން މިއަދު މީރާއަކީ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކާ އަޅާކިޔައި ދެވޭ މުސާރައާއި މަސައްކަތުގެ ގަޑި އަދި ރެސްޓްރިކްޝަންތަކާއި އެކު އެހާ ކޮމްޕެޓިޓިވް ތަނެއް ނޫންކަމަށާއި، މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މަސައްކަތުގެ މާހައުލު މިހާރަށް ވުރެ ރަނގަޅު ކޮށްގެން ނޫނީ އެ އޮތޯރިޓީގެ ޕާފޯމަންސް އެންމެ ރަނގަޅަށް ކުރިއަށް ގެންދަން ދަތިވާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުރިކަންތަކުގެ ތެރޭގައި، ޓީޖީއެސްޓީއަށް ގެނެވިފައިވާ ބަދަލު އަދި ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނައި ބަދަލުތަކާއި، ޑިޕަރޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް 2024 ވަނަ އަހަރު ގެނެވުނު ބަދަލުތަކުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ފެނިގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.
2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ކަނޑައަޅުއްވާފައިވާ ބަޖެޓުގެ އިތުރުން، އެ އޮތޯރިޓީން މުވައްޒަފުންގެ މުސާރައާއި ޓްރެއިނިންގ އަދި ޕްރޮގްރާމްތަކަށް އިތުރަށް ބޭނުންވާ 4.1 މިލިއަން ރުފިޔާ ބަޖެޓުގެ ޖުމްލަ ޢަދަދަށް ބަދަލު ނާންނާނެގޮތަށް ހަމަޖައްސަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގައި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން:
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ރަސްމީ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
30 އޮކްޓޯބަރު 2025
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާރުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA