ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
18 ނޮވެމްބަރު 2025 12:30 ނަންބަރު M20/M/SOE/2025/11
މިއަދުގެ ބައްދަލުވުމުގައި، ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވާ ވަގުތުތަކުގައި މަގުތަކުގައިވާ ނަޖިސް ޖަންކްޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވުން އާންމުވެފައިވާކަމަށާއި، މިކަމުގެ ސަބަބުން އާންމު ސިއްޙަތަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި، ދުއްވާ އެއްޗެއްސާއި، އާންމުންގެ ގޭގެއަށާއި ވިޔަފާރިތަކަށް ދަތި އުނދަގޫތައް ދިމާވެ އޭގެ ގެއްލުން ފޯރަމުންދާތީ، މި ޚިދުމަތް ފޯރުކޮށްދެމުންދާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކަމާބެހޭ ފަރާތްތައް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކޮށްދެއްވައި، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ދިރާސާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިބިފައިވާ މަޢުލޫމާތު އެ މެންބަރާ ހިއްސާކުރެއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހަޅުއްވައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ތާއީދުކުރެއްވިއެވެ.
އެއަށްފަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާ ގުޅޭގޮތުން ފަށާފައިވާ ޚާއްސަ ރިވިއު ޕްރޮގްރާމްގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ގުޅޭ ޚާއްސަ ރިވިއުގައި ފާހަގަކުރެވުނު ކަންކަމާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ރިޕޯޓް ދިރާސާކުރެއްވިއެވެ. އެގޮތުން މި ރިޕޯޓާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް، އެ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓްގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވައި ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ތާއީދުކުރެއްވިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން، މި މައްސަލައާއެކު މެންބަރު ހުށަހަޅުއްވާފައިވާ ރިޕޯޓަކީ ސިއްރު ރިޕޯޓެއްކަމުން، މި މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތް ހިނގާއިރު ކޮމިޓީ ސިއްރުކުރެއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ހުށަހަޅުއްވައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ތާއީދުކުރެއްވިއެވެ.
މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިނުގަންނަވާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ރަސްމީ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
5 ޖެނުއަރީ 2025
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި ކޮރަޕްޝަނަށް މަގުފަހިވާކަމަށް ބެލެވޭ ކަންކަން ހިނގަމުންދާކަމަށް ފާހަގަކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ރިޕޯޓް (ސިއްރު)
ކުރިޔަށް ދަނީ
5 ޖެނުއަރީ 2025
ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވާ ވަގުތުތަކުގައި މަގުތަކުގައިވާ ނަޖިސް ޖަންކްޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވުން އާންމުވެފައިވާތީ ހުށަހަޅުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
7 ނޮވެމްބަރު 2023
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތައްޔާރުކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ގުޅޭ ޚާއްސަ ރިވިއު ރިޕޯޓް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA