ޖުޑީޝިއަރީ ކޮމިޓީ
16 ނޮވެމްބަރު 2025 13:20 ނަންބަރު M20/M/JD/2025/48
މި ބައްދަލުވުމުގައި ކޮމިޓީން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މި ބިލަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އިސްލާހުތަކާއި ކައުންސެލް ޖެނެރަލް ފޮނުއްވާފައިވާ އިސްލާހުތައް ކޮމިޓީން ދިރާސާކުރައްވާފައިވެއެވެ.
މީގެ އިތުރުން ހެލްތް މިނިސްޓްރީން ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެސިޓީގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ އޭޑީއެޗްޑީ ޖެހިފައިވާ ކުދިންނަށް ފަރުވާއަށް މުހިންމު ބޭހެއްކަމުގައިވާ މިތައިލްފެނިޑޭޓް، ދިވެހިރާއްޖެއަށް އެތެރެނުކުރެވޭތީ، އެ ބޭސް ޖަދުވަލު 1 އިން އުނިކޮށް، ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެ މިނިސްޓްރީން އެދިފައިވާތީ، އެ ބޭސް ޖަދުވަލު 1 އިން އުނިކުރުމާމެދު އިދާރާތަކުން ދެކޭ ގޮތް ސާފުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ދެންނެވުމުން އެ އޮފީހުން ކުރައްވާފައިވާ ކޮމެންޓަކީ، "މިތައިލްފެނިޑޭޓް" އަކީ ސައިކޯސްޓިމިއުލަންޓް ނުވަތަ ސެންޓްރަލް ނަރވަސް ސިސްޓަމް ސްޓިމިއުލަންޓްސް ގެ ގިންތީގައި ހިމެނޭ ޑްރަގެއް ކަމާއި، އެ ޑްރަގް ގިނައިން ބޭނުންކޮށްފިނަމަ ނުވަތަ ކުރުމަށް ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ބޭނުންކޮށްފިނަމަ އެއަށް ޑެޕެންޑެންސް އުފެދޭފަދަ ޑްރަގެއްކަމަށް ފާހަގަކުރެވޭތީ، އެ ޑްރަގް ޖަދުވަލު 1 އިން އުނިކޮށް ޖަދުވަލު 2 އިން އުނިކުރެވޭނީ، އޭގެން ވެގެންދާނެ ނުރައްކަލަށްވެސް ރިޢާޔަތްކުރުމަށްފަހުގައިކަމަށެވެ.
އެހެންކަމުން، މި ސިޓީއާއި އެޓަރނީ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ ކޮމެންޓާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، "މިތައިލްފެނިޑޭޓް" ޖަދުވަލު 1 އިން އުނިކުރަން ނުފެންނަކަމަށް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހަޅުއްވާ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
އެއަށްފަހު، ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާފުޅުގައި ފާހަގަކުރައްވާފައިވާ މާއްދާތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެ އިޞްލާޙުތައް ބިލުގައި ހިމެނުމަށް ކޮމިޓީން ނިންމިއެވެ. އެ އިޞްލާޙުތަކާއިއެކު ބިލު މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ފާސްކުރެއްވިއެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ރަސްމީ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
9 ޑިސެމްބަރު 2024
ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA