ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީ
19 ނޮވެމްބަރު 2025 21:00 ނަންބަރު M20/M/VC-2/2025/01
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށްގެންގޮސްފައިވަނީ، ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު އިންތިޚާބު ކުރުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރަކު ހޮވުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ، ޑިރެކްޓަރ، ލީގަލް އެފެއާރޒް، އަލްއުސްތާޛާ އަފްޒާލް ޢަބްދުއްސައްތާރުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ ނަންފުޅު ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެއަށްފަހު، ކުރިއަށް ގެންދިޔައީ، ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮވުމުގެ މަސައްކަތެވެ. އެގޮތުން، މުޤައްރިރުގެ ނައިބަކަށް އިންތިޚާބުކުރެއްވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލުމުން، ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރުގެ ނަންފުޅު ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެއަށްފަހު، ކޮމިޓީގެ މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމާއި، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ކަމުގައި ހަމަޖެއްސެވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ދެން، ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހުށަހެޅިފައިވާ ބިލަށް ޢާންމުންގެ ޚިޔާލު ނުވަތަ ކޮމެންޓް ފޮނުއްވުމަށާއި އަދި ބިލާ ގުޅުންހުރި އިދާރާތަކަށް ބިލާ ގުޅޭގޮތުން ލިޔުމުން ޚިޔާލު ހުށަހެޅުމަށް 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ނިޔަލަށް ފުރުޞަތު ދެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެއަށްފަހު ކޮމިޓީގެ މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމާއި، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ކަމުގައި ހަމަޖެއްސެވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެއަށްފަހުގައި ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހުށަހެޅިފައިވާ ބިލަށް ޢާންމުންގެ ޚިޔާލު ނުވަތަ ކޮމެންޓް ފޮނުއްވުމަށާއި އަދި ބިލާ ގުޅުންހުރި އިދާރާތަކަށް ބިލާ ގުޅޭގޮތުން ލިޔުމުން ޚިޔާލު ފޮނުއްވުމަށް 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ނިޔަލަށް ފުރުޞަތު ދެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ދިރާސާކުރައްވަމުން ގެންދަވާއިރު ކޮމިޓީގައި ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދާއި ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ. މި ފުރުޞަތުގައި، ކޮމިޓީގެ މަސައްކަތްތައް ދިރާސާކުރައްވަމުން ގެންދަވާއިރު ކޮމިޓީގައި ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދާއި ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 4 މެންބަރުން ކަމުގައި ކަނޑައެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
19 ނޮވެމްބަރު 2025
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
19 ނޮވެމްބަރު 2025
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA