ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2025 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

25 ނޮވެމްބަރު 2025 12:30 ނަންބަރު M20/M/SOE/2025/12

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހުށަހަޅުއްވާފައިވާ ފެނަކަ ކޯޕަރޭޝަންގެ ޚާއްޞަ ރިވިއު ރިޕޯޓު- 2022 އަދި އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލައާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޚާއްޞަ ރިވިއު ރިޕޯޓު- 2022 ގައި އިޞްލާޙުކުރުމަށް ލަފާދީފައިވާ ކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުންފުނީގެ މެނޭޖްމަންޓުން ކުރަމުންދާކަމަށާއި، ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީއާއި، މުސާރައިގެ އޮނިގަނޑާއި، ޕްރޮކިއުމަންޓް ޕޮލިސީ ރިވިއުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށާއި، އެ މަސައްކަތް ޖަނަވަރީ 2026 ގެ ނިޔަލަށް ނިންމޭނެކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވާފައިވެއެވެ.


މީގެ އިތުރުން އައްޑޫގެ ކަރަންޓު މައްސަލަ ދާއިމީކޮށް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ރޭވިފައިވާކަމަށާއި، 13 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެހެން 6 މެގަވޯޓުގެ 5 ޖެނެރޭޓަރު ބަހައްޓާގޮތަށް ޕްލޭންކުރެވިފައިވާކަމަށާއި، މިކަމާ ގުޅޭ މަޝްވަރާތައް ސަޕްލަޔަރުންނާ ކުރެވެމުންދާކަމަށް ވެސް އެބޭފުޅުން މަޢުލޫމާތުދެއްވިއެވެ. އަދި އައްޑޫއަށް 30 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށާއި މި މަސައްކަތް 1 އަހަރާއި 6 މަސް ދުވަހުން ނިންމޭނެކަމަށް ލަފާކުރައްވާކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. 


ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން:

  1. މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާހް، މެނޭޖިންގ ޑިރެކްޓަރ
  2. އަލްފާޟިލް މުޙައްމަދު ޢާރިފް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ
  3. އަލްފާޟިލާ ކުލްޝޫމް ޢަލީ، ޗީފް ކޯޕަރޭޓް އޮފިސަރ
  4. އަލްފާޟިލް ފަހުދު މުޙައްމަދު، ރިސްކް އެންޑް ކޮމްޕްލަޔަންސް އޮފިސަރ


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ވަޑައިނުގަންނަވާ

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިނުގަންނަވާ

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިނުގަންނަވާ

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 ޖެނުއަރީ 2025

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ޙައްލުކުރުމުގައި ފެނަކަ ކޯޕަރޭޝަނުން އިހުމާލެވެފައިވާތީ ހުށަހަޅާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

7 ނޮވެމްބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތައްޔާރުކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ގުޅޭ ޚާއްސަ ރިވިއު ރިޕޯޓް ދިރާސާކުރުން.

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    03
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA