މާލިއްޔަތު ކޮމިޓީ
25 ނޮވެމްބަރު 2025 14:00 ނަންބަރު M20/M/ML/2025/45
މިއަދުގެ ބައްދަލުވުމުގައި، ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް) ގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް) ގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކުރަމުން ގެންދިޔައިރު، އެ މައްސަލައާ ގުޅިގެން އެ ކޮމިޓީން ހޯދި ލިޔުންތަކާއި، އެ ކޮމިޓީއަށް ލިބުނު ލިޔުންތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ހިންގާފައިވާކަމަށް ފާހަގަކުރެވުނު ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ މައްސަލަތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގައި ބަޔާންކުރާފަދަ ޤައުމީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކެއް ކަމަށާއި، އެހެންކަމުން އެ ގަވާއިދުގެ 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބައްދަލުވުން ސިއްރުކުރަން ފެންނަކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާޢީދުކުރެއްވިއެވެ. އެ ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.
އެހެންކަމުން، ކޮމިޓީގެ މަޝްވަރާތައް ކުރިއަށްގެނދެވީ ސިއްރު މަޝްވަރާތަކެއްގެ ގޮތުގައެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
26 ނޮވެމްބަރު 2025
ފުލުހުންގެ އިސްވެރިއެއްގެ އެމް.އެމް.ޕީ.އާރި.ސީގެ މައްސަލަ ތަޙްޤީޤު ކުރާކަށާއި، އެ ފަރާތާ ގުޅުންހުރި އިމާރާތެއްގެ މައްސަލައެއް ސިވިލް ކޯޓުގައި ބަލާ މައްސަލަ - ވިސްލްބްލޯވަރ
ކޮމެޓީ މަސައްކަތް ނިމިފައި
9 ޖުލައި 2025
ދައުލަތުގެ މާލިއްޔަތާ ގުޅޭ މައްސަލަތަކުން ގެއްލިފައިވާ ފައިސާ ދައުލަތަށް ހޯދުމަށް އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން އޭސީ.ސީ.ން ތައްޔާރުކޮށްފައިވާ ކަރުދާހާ ގުޅޭގޮތުން ބައްދަލުކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
23 ޖޫން 2025
އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ - ވިސްލްބްލޯވަރ
ކޮމެޓީ މަސައްކަތް ނިމިފައި
2 ޖޫން 2025
ހުޅުމާލޭގައި ފުލުހުންނަށް ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޑިއުޓީ މާފްކޮށް ގެނެސްފައިވާ މުދާތަކަށް ގެއްލިފައިވާ މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ އިސްވެރިން އެއްބާރުލުން ނުދެއްވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
11 މޭ 2025
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
11 މޭ 2025
ފުލުހުންގެ އިސްވެރިއެއްގެ ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ކުރިއަށްނުދާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
17 ފެބްރުއަރީ 2025
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނާ ގުޅޭގޮތުން ވިސްލްބްލޯވަރެއް ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
28 މޭ 2024
އޮޑީަޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA