އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
26 ނޮވެމްބަރު 2025 11:30 ނަންބަރު Number M20/M/EC/2025/19
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކަމަކަށް ކުރިއަށްގެންދެވީ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމެވެ. އެގޮތުން، އެ މައްސަލައާ ގުޅިގެން ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު އޮތް ގޮތަށް ފާސްކުރުމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވައި ހިތާދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާން ތާއީދުކުރެއްވިއެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
ދެވަނަ ކަމަކަށް ކޮމިޓީން ކުރިއަށް ގެންދެވީ، އެންވަޔަރަންމަންޓްގެ އޮޑިޓްގެ ދާއިރާއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށް އެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެގޮތުން، އެ އެ އޮފީހުން ކުރިއަށް ގެންދެވި އެންވަޔަރަންމަންޓާ ގުޅޭ އޮޑިޓުތަކުން ފާހަގަވެފައިވާ ކަންކަމުގެ ޕްރެޒެންޓޭޝަނެއް ކޮމިޓީއަށް ހުށަހަޅުއްވައިދެއްވިއެވެ. އަދި، ކޮމިޓީ މެންބަރުންގެ ސުވާލުތަކަށް އެ ފަރާތްތަކުން ޖަވާބުދެއްވައި، އެ މައްސަލައިގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކުރެއްވިއެވެ.
އެހެނިހެންގެ ދަށުން، 500 އެމް.އެލް.އިން ދަށުގެ ޕެޓް ބޮޓްލް ބޭނުންކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ފޮނުވާފައިވާ ދިރާސާ ރިޕޯޓެއްގެ މައްސަލައެވެ. އެގޮތުން، އެ ރިޕޯޓުގައިވާ ބައެއް ކަންކަން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، އެ ރިޕޯޓުގެ ކޮޕީއެއް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާ ހިއްސާކޮށް، އެ ދެ މިނިސްޓްރީގެ ލަފައެއް ހޯދުމަށް ނިންމައި މިއަދުގެ ބައްދަލުވުން ނިންމާލެއްވިއެވެ.
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ސަލާމް
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
މުޙައްމަދު ސިރުހާން
ހިތާދޫ ދާއިރާ
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
26 ނޮވެމްބަރު 2025
500 އެމް.އެލް.އިން ދަށުގެ ޕެޓް ބޮޓްލް ހުއްދަކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅާފައިވާ އެސެސްމަންޓުގެ މައްސަލަ
ކުރިޔަށް ދަނީ
13 ނޮވެމްބަރު 2025
އެންވަޔަރަމަންޓަލް އޮޑިޓިންގގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ކޮމިޓީއާ ބައްދަލުކުރުމަށް އެދި އޮޑިޓަރ ޖެނެރަލްގެ އޮފީސް ފޮނުވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
12 އޯގަސްޓު 2024
ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA