ޖުޑީޝިއަރީ ކޮމިޓީ
25 ނޮވެމްބަރު 2025 14:37 ނަންބަރު M20/M/JD/2025/53
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ކުށުގެ ރެކޯޑް ސާފުކުރުމަށް ފޮނުއްވާފައިވާ އިދާރާތަކުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ސިޓީގެ ޖަވާބު ލިބިފައިނުވާތީ، ކުރިމަތިލައްވާފައިވާ 14 ބޭފުޅުންނާ އިންޓަރވިއުކުރެއްވުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހަޅުއްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއީދުކުރައްވާފައިވަނީ އެ ފަރާތްތަކުގެ ކުށުގެ ރެކޯޑް އޮކްޓޯބަރު މަހުގެ 25 ގެ ނިޔަލަށް ސާފުކުރެވިފައިވާކަމުގެ ލިޔުން އެ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްއާއެކު ކޮމިޓީއަށް ލިބިފައިވާތީ، އެ ކުށުގެ ރެކޯޑްއަށް ބަލައި އެ ފަރާތްތަކާ އިންޓަރކުރެއްވުމަށެވެ.
މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
އެއަށްފަހު، ދެން ކުރިއަށް ގެންދެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން 13 ފަރާތާ އިންޓަރވިއުކުރެއްވުމުގެ މަސައްކަތެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 14 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާކަމަށް ލިޔުމުން މަޖިލީހުގެ އިދާރާއަށް އަންގަވާފައިވެއެވެ.
މި ބޭފުޅުންނާ އިންޓަރވިއުކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ރިފަރެލްއެއްގެ ގޮތުގައި ވަޑައިގެންނެވި ފަރާތްތަކަށްވެސް ފުރުޞަތުދެއްވާފައިވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާރކްސް ދެއްވުމުން، ޖުމްލަ 9 ފަރާތަކަށް 75 އިންސައްތައަށްވުރެ މަތިން ލިބިވަޑައިގެންފައިވެއެވެ.
އެހެންކަމުން، 75 އިންސައްތައަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާބިލު ފަރާތްތަކެއްކަމަށް ކޮމިޓީއަށް ފެންނަކަމަށް ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައިދެއްވުން އެދި، މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ފާސްކުރެއްވިއެވެ.
މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.)
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
24 ނޮވެމްބަރު 2025
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA