މާލިއްޔަތު ކޮމިޓީ
27 ނޮވެމްބަރު 2025 11:00 ނަންބަރު M20/M/ML/2025/47
މިއަދުގެ ބައްދަލުވުމުގައި، ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް) ގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކުރަމުން ގެންދިޔައިރު، އެ މައްސަލައާ ގުޅިގެން އެ ކޮމިޓީން ހޯދި ލިޔުންތަކާއި، އެ ކޮމިޓީއަށް ލިބުނު ލިޔުންތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ހިންގާފައިވާކަމަށް ފާހަގަކުރެވުނު ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާމެދު މަޝްވަރާކުރެވޭއިރު ބައްދަލުވުން ސިއްރުކުރަން ފެންނަކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެހެންކަމުން، ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ހިންގާފައިވާކަމަށް ފާހަގަކުރެވުނު ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވި ވަގުތުގައި ކޮމިޓިީގެ ބައްދަލުވުން ސިއްރުކުރެއްވިއެވެ.
އެއަށްފަހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންގެ ހާޒިރީ އަދި ޗުއްޓީ ދިނުމުގައި ޢަމަލުކުރަމުން ގެންދަނީ އެ ކޮމިޝަނުގެ ގަވާއިދު ނަންބަރު 2025/R-60 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ހިންގާ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށާއި، މެންބަރުކަމުގެ މުޅި ދައުރުގައި އަހަރީ ޗުއްޓީ އެއް ބޭނުން ނުކޮށް އޮންނަ ޙާލަތްތަކުގައި އެ ޗުއްޓީ ކެންސަލްވަމުންދާކަމަށާއި، އެ ދުވަސްތަކަށް ފައިސާދެމުން ގެންގޮސްފައިނުވާކަމަށާއި، ނަމަވެސް މެންބަރަކު ވަކިވެގެންދާއިރު އެ މެންބަރަކަށް ޙައްޤުވާ އެ އަހަރުގެ އަހަރީ ޗުއްޓީގެ ތެރެއިން ބޭނުންނުކުރެވި އޮންނަ ދުވަސްތަކަށް ފައިސާ ދެމުންގެންދާކަމަށާއި، މިއީ ވަޒީފާއާބެހޭ ޤާނޫނު ހިނގާ ފަރާތްތަކަށްވެސް އެ ފަރާތްތައް ވަޒީފާއިން ވަކިކުރާއިރު ޙައްޤުވާ އަހަރީ ޗުއްޓީއެއްގެ ބޭނުންނުކޮށް އޮންނަ ޙާލަތްތަކުގައި ޢަމަލުކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުކަމަށާއި، މިކަމުގައި ޢަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް އެދި އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުން މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ތެރޭގައި އަހަރީ ޗުއްޓީގެ ތެރެއިން ބޭނުންނުކުރެވި ބާކީހުންނަ ދުވަސްތަކަށް ފައިސާދިނުން ހިމަނާފައިނުވާކަމާއި، އެހެންކަމުން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުން މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ އިތުރުން ކޮމިޝަންގެ މެންބަރުންނަށް އެއްވެސް ޢިނާޔަތެއް ނުދިނުމަށާއި، ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރާނަމަ އިސްވެދެންނެވި މައްސަލައަށް ކޮމިޓީން ރިޢާޔަތްކުރާނެކަން އެ ކޮމިޝަނަށް ދެންނެވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ދެން، 2025 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ އޮފީހުގެ އޮޑިޓްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުމުގެ މަސައްކަތް ކޮމިޓީގެ ސެކްރެޓޭރިއަޓާ ޙަވާލުކުރުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އޭގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 29/2024 (ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، 2025 އަހަރުގެ ތިންވަނަ ކުއަރޓަރ ނިމުނުއިރު ދައުލަތުން ނަގާފައިވާ ލޯނާއި، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޫކޮށްފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުގެ ތަފްޞީލާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) މެދުވެރިކޮށް ނަގާފައިވާ 18 މިލިއަން އެމެރިކާ ޑޮލަރުގެ 'އޯވަރޑްރާފްޓް ފައިނޭންސިންގ' ފެސިލިޓީއަށް ސަރުކާރުން ދޫކޮށްފައިވާ ސޮވްރިންގ ގެރެންޓީއާ ގުޅޭ މަޢުލޫމާތު ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ރަސްމީ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
27 ނޮވެމްބަރު 2025
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުން
ކޮމެޓީ މަސައްކަތް ނިމިފައި
26 ނޮވެމްބަރު 2025
ފުލުހުންގެ އިސްވެރިއެއްގެ އެމް.އެމް.ޕީ.އާރި.ސީގެ މައްސަލަ ތަޙްޤީޤު ކުރާކަށާއި، އެ ފަރާތާ ގުޅުންހުރި އިމާރާތެއްގެ މައްސަލައެއް ސިވިލް ކޯޓުގައި ބަލާ މައްސަލަ - ވިސްލްބްލޯވަރ
ކޮމެޓީ މަސައްކަތް ނިމިފައި
20 ނޮވެމްބަރު 2025
ކުއަޓަރލީ ޑެޓް ބުލެޓިން - ތިންވަނަ ކުއަރޓަރ 2025
ކޮމެޓީ މަސައްކަތް ނިމިފައި
18 ނޮވެމްބަރު 2025
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން އެސް.ބީ.އައި މެދުވެރިކޮށް ނަގާފައިވާ 'އޯޕަރޑްރާފްޓް ފައިނޭންސިންގ' ފެސިލިޓީއަށް ސަރުކާރުން ދޫކޮށްފައިވާ ސޮދވްރިންގ ގެރެންޓީއާ ގުޅޭ މަޢުލޫމާތު
ކޮމެޓީ މަސައްކަތް ނިމިފައި
15 އޮކްޓޯބަރު 2025
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުން ވަކިވެގެންދާއިރު އެ އަހަރުގެ އަހަރީ ޗުއްޓީގެ ތެރެއިން ބޭނުންނުކުރެވި އޮންނަ ދުވަސްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް އެދި
ކޮމެޓީ މަސައްކަތް ނިމިފައި
9 ޖުލައި 2025
ދައުލަތުގެ މާލިއްޔަތާ ގުޅޭ މައްސަލަތަކުން ގެއްލިފައިވާ ފައިސާ ދައުލަތަށް ހޯދުމަށް އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން އޭސީ.ސީ.ން ތައްޔާރުކޮށްފައިވާ ކަރުދާހާ ގުޅޭގޮތުން ބައްދަލުކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
23 ޖޫން 2025
އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ - ވިސްލްބްލޯވަރ
ކޮމެޓީ މަސައްކަތް ނިމިފައި
2 ޖޫން 2025
ހުޅުމާލޭގައި ފުލުހުންނަށް ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޑިއުޓީ މާފްކޮށް ގެނެސްފައިވާ މުދާތަކަށް ގެއްލިފައިވާ މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ އިސްވެރިން އެއްބާރުލުން ނުދެއްވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
11 މޭ 2025
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
11 މޭ 2025
ފުލުހުންގެ އިސްވެރިއެއްގެ ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ކުރިއަށްނުދާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
17 ފެބްރުއަރީ 2025
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނާ ގުޅޭގޮތުން ވިސްލްބްލޯވަރެއް ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA