އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2025 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

1 ޑިސެމްބަރު 2025 11:00 ނަންބަރު M20/M/EC/2025/20

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ޑިޒާސްޓަރ އެންޑް ކްލައިމެޓް ރިސްކް ގަވަރނަންސްގެ ކެޕޭސިޓީ ބިލްޑިންނާ ގުޅޭގޮތުން ޔޫއެންޑީޕީގެ ބޭފުޅުން ކޮމިޓީއާ ބައްދަލުކުރުމެވެ. އެގޮތުން، ޑިޒާސްޓަރ އެންޑް ކްލައިމެޓް ރިސްކް ގަވަރނަންސްއާ ގުޅޭގޮތުން ޔޫ.އެން.ޑީ.ޕީން ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ތަމްރީނު ޕްރޮގުރާމްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ކޮމިޓީއަށް ހުށަހަޅުއްވައިދެއްވިއެވެ. އަދި، އެ ތަމްރީނު ޕްރޮގުރާމްގައި ހިމެނުމަށް ކޮމިޓީން ބޭނުންވާ ބައިތަކާއި، ކޮމިޓީ މެންބަރުންނަށް ބައިވެރިވެވަޑައިގެންނެވުމަށް ފަސޭހަވާނެ ގޮތަކަށް އެ ޕްރޮގުރާމް ރޭއްވެވުމާ ގުޅޭގޮތުން ކޮމިޓީއާ މަޝްވަރާކުރެއްވިއެވެ. އަދި ކޮމިޓީއިން އެ ތަމްރީނު ޕްރޮގުރާމުގައި ހިމެނުމަށް ބޭނުންވާ ބައިތައް، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެއްވުމަށްފަހު މި ހިނގާ ޑިސެންބަރުމަސް ނިމުމުގެ ކުރިން ޔޫ.އެން.ޑީ.ޕީއާ ހިއްސާކުރައްވާނެކަން ހާމަކުރައްވައި، މިއަދުގެ ކޮމިޓީ ނިންމާލެއްވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

އެހެން ކޮމިޓީއެއްގައި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

އެހެން ކޮމިޓީއެއްގައި

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިނުގަންނަވާ

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

އެހެން ކޮމިޓީއެއްގައި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ނޮވެމްބަރު 2025

ޑިޒާސްޓަރ އެންޑް ކްލައިމެޓް ރިސްކް ގަވަރނަންސްގެ ކެޕޭސިޓީ ބިލްޑިންނާ ގުޅޭގޮތުން ކޮމިޓީއާ ބައްދަލުކުރުމަށް އެދި ޔޫ.އެން.ޑީ.ޕީ އިން ފޮނުވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    07
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    03
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA