މާލިއްޔަތު ކޮމިޓީ
3 ޑިސެމްބަރު 2025 09:30 ނަންބަރު M20/M/ML/2025/50
މިއަދުގެ ބައްދަލުވުމުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްއަށް ގެނެވުނު ބަދަލާއެކު 2026 ވަނަ އަހަރަށް ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުން މުވައްޒަފުންގެ މުސާރައާއި ޢިނާޔަތަކަށް ހިނގާ ޚަރަދުތަކަށް ފައިސާ ހަމަޖެއްސުމަށްފަހު، ކައުންސިލްގެ އެހެނިހެން ޚަރަދުތައް ކުރުމަށް ނުހަނު ދަތިވާކަމަށާއި، ކޮވިޑް-19 އާ ގުޅިގެން ކައުންސިލްގެ ބްލޮކް ގްރާންޓުން އުނިކުރުމާ ގުޅިގެން ޔުޓިލިޓީ ބިލުތަކަށް ފައިސާ ނުދެއްކިހުރިކަމާއި، އެހެންކަމުން 2026 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓަށް 2.3 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، ހުށަހަޅާފައިވާ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ދެންނެވުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެއަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ، 65 އަހަރުވުމުން، 20 އަހަރު ޚިދުމަތްކޮށްގެން ލިބެމުން އައި ޕެންޝަން ކަނޑާލާފައިވާ މައްސަލައިގައި މަޖިލީހުގެ ރައީސާއި، ނައިބު ރައީސް އަދި ކަމާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހަމަވުމުގެ ކުރިން ރިޓަޔަރމަންޓް ސްކީމެއްގެ ދަށުން ރިޓަޔަރ ކުރެވޭނެގޮތެއް ހަމަޖައްސައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު، މައްސަލަތަކާގުޅޭ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަން އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އިން ހޯުދުމަށް ނިންމެވިއެވެ.
އެއަށްފަހު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އައު ޕޭ ފްރޭމްވަރކްގައި ހުރިކަމަށް ފާހަގަކުރެވިފައިވާ މައްސަލަތަކާ ގުޅޭގޮތުން އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ މައްސަލަތައް ދިރާސާކުރެއްވިއެވެ. އެގޮތުން، މައްސަލައާ ގުޅޭ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުން ހޯދުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމިއްލަ ކުންފުންޏަކުން ދޫކޮށްފައިވާ މުދަލާއި ޚިދުމަތަށް ފައިސާ ނުދައްކާހުރީ، ސަރުކާރުން އެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީކަމަށް އެ ކުންފުނިތަކުން މަޢުލޫމާތު ދީފައިވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، މި މައްސަލައަށް ޙައްލެއް ހޯއްދަވައިދިނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ދެންނެވުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެޖެންޑާގެ އެންމެ ފަހުކަމަކަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ދެމުންގެންދެވި ލިވިން އެލަވަންސް ދިނުން ހުއްޓާލުމަށާއި، ވޭތިވެދިޔަ 1 އަހަރާއި 10 މަހުގެ ލިވިން އެލަވަންސްގެ ގޮތުގައި ދީފައިވާ ފައިސާ މުވައްޒަފުން އަތުން އަނބުރާ ނެގުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އަންގާފައިވާތީ އެކަމާގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، އެ އޮފީހުގެ މުވައްޒަފުންގެ އިހުމާލެއް ނެތި އެ މުވައްޒަފުންނަށް އިތުރަށް ދެވިފައިވާ ފައިސާގެ ޢަދަދު އެ މުވައްޒަފުންގެ އަތުން އިޢާދަކުރުމަކީ ހަމައެއްނޫންކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން، މި މައްސަލާގައި، އެ ކޮމިޝަނުގެ ފަރާތުން އިހުމާލުވެފައިވާ މުވައްޒަފުން ދެނެގަތުމަށްޓަކައި މައްސަލާގައި ކަންހިނގާފައިވާ ގޮތް ބެއްލެވުމަށް އެ އޮފީހަށް ދެންނެވުމަށާއި، މައްސަލާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ލަފާއެއް ހޯދުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ރަސްމީ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިނުގަންނަވާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ރަސްމީ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
1 ޑިސެމްބަރު 2025
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ދެމުންގެންދެވި ލިވިން އެލަވަންސް ދިނުން ހުއްޓާލުމާގުޅޭ މައްސަލަތައް
ކޮމެޓީ މަސައްކަތް ނިމިފައި
30 ނޮވެމްބަރު 2025
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ 2026 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓާގުޅޭ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
24 ނޮވެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ މައްސަލަތައް.
ކޮމެޓީ މަސައްކަތް ނިމިފައި
23 ނޮވެމްބަރު 2025
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ މުދަލާއި ޚިދުމަތަށް ނުދައްކާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
9 ނޮވެމްބަރު 2025
ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އައު ޕޭ ފްރޭމްވަރކްގައި ހުރިކަމަށް ފާހަގަކުރެވިފައިވާ މައްސަލަތަައް
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA