ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
5 ޖެނުއަރީ 2026 10:30 ނަންބަރު M20/M/HG/2026/01
މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤަނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ.
އެގޮތުން، މި މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުން ކޮށްފައިވާ މަޝްވަރާތަކުގައި މެންބަރުން ފާހަގަކޮށްފައިވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާފައިވާ ފަރާތަކީ، އެފަރާތުގެ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަރވިއުއަށް ބަލައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވާ ފަރާތެއްކަމަށްވާތީ، އެފަރާތާ އިތުރު އިންޓަރވިއުއެއް ކުރުމެއްނެތި އެ މައްސަލައާ މެދު ކޮމިޓީން އަވަހަށް ގޮތެއް ނިންމުމަކީ މުހިއްމު ކަމެއްކަމުގައެވެ.
އެހެންކަމުން، މި މައްސަލައާމެދު މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ގޮތެއް ނިންމުމަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ، އެ ކޮމިޝަނުގެ މެންބަރު، ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ އެ ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވުމަށް ކޮމިޓީއަށް ފެންނަކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ހުށަހަޅުއްވައި، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާޢީދުކުރެއްވިއެވެ. ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
މި މައްސަލައިގައި، މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިނުގަންނަވާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
ވަޑައިނުގަންނަވާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
5 ޖެނުއަރީ 2026
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA