މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
10 ފެބްރުއަރީ 2026 11:15 ނަންބަރު M20/M/MM/2026/7
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމެވެ. އެގޮތުން، އެ ބިލާ ގުޅޭ ގޮތުން މެންބަރުންގެ ޚިޔާލަށް ހުޅުވާލުމުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭޑާއި ނޭޝަނަލް ޕޭ ކޮމިޝަނާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކަމާ ގުޅޭ ބޭފުޅުންނާ ކޮމިޓީން ބައްދަލުކޮށް މަޝްވަރާކުރުމަށް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ތާއީދުކުރެއްވިއެވެ.
2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭޑާއި ނޭޝަނަލް ޕޭ ކޮމިޝަނާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކަމާ ގުޅޭ ބޭފުޅުންނާ ކޮމިޓީން ބައްދަލުކޮށް މަޝްވަރާކުރުމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު ދެން ކުރިއަށް ގެންދެވީ، އެހެނިހެންގެ ދަށުން އެޖެންޑާކޮށްފައިވާ، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެވެ.
އެގޮތުން، މެންބަރުންނަށް ހުޅުވާލި ފުރުޞަތުގައި، އެ މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 16 ފެބުރުވަރީ 2026 ކަމުގައި ކަނޑައެޅުމަށާއި ނަން ފޮނުވާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެކުލަވާލެވޭ މުވައްޒަފުންގެ ފެނަލްއަށް ޝާހުޒާދު ސަޢީދު، ފާޠިމަތު ނަދާ އަދި ޢާއިޝަތު ރިފާގެ ނަން ހުށަހެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 12 ފެބުރުވަރީ 2026ގެ ނިޔަލަށް ޢާންމުކޮށް އިޢުލާންކުރުމަށާއި 15 ފެބުރުވަރީ 2026 ގައި އިންޓަރވިއުކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ..
އެ މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 16 ފެބުރުވަރީ 2026 ކަމުގައި ކަނޑައަޅުމަށާއި ނަން ފޮނުވާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެކުލަވާލެވޭ މުވައްޒަފުންގެ ފެނަލްއަށް ޝާހުޒާދު ސަޢީދު، ފާޠިމަތު ނަދާ އަދި ޢާއިޝަތު ރިފާގެ ނަން ހުށަހެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 12 ފެބުރުވަރީ 2026ގެ ނިޔަލަށް ޢާންމުކޮށް އިޢުލާންކުރުމަށާއި 15 ފެބުރުވަރީ 2026 ގެ ކުރިން އިންޓަރވިއުކުރުމަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ނަމަވެސް، ކޮމިޓީން އެ މައްސަލަ ނިންމާނެ ސުންގަޑިއާ މެދު އަލުން މަޝްވަރާކުރެއްވުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލައިގެ އިންޓަރވިއު 15 ފެބުރުވަރީ 2026 ގެ ބަދަލުގައި، 16 ފެބުރުވަރީ 2026 ގެ ކުރިން އިންޓަރވިއު ކުރިއަށް ގެންދިއުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތާ އިންޓަރވިއުކުރުން 16 ފެބުރުވަރީ 2026 ގެ ކުރިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިނުގަންނަވާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިނުގަންނަވާ
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
10 ފެބްރުއަރީ 2026
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
5 ޖެނުއަރީ 2026
ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA