މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
16 ފެބްރުއަރީ 2026 09:30 ނަންބަރު M20/M/MM/2026/8
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިންޓަރވިއުކުރެއްވުމެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާރކްސް ދެއްވެވިއެވެ.
ދެން، އެއަށްފަހު ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމެވެ.
އެ ބިލާ ގުޅޭ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭޑާއި ނޭޝަނަލް ޕޭ ކޮމިޝަނާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކަމާ ގުޅޭ ބޭފުޅުންނާ ކޮމިޓީން ބައްދަލުކޮށް، އެ ބިލު އިޞްލާޙުކުރުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލު ހޯއްދަވާ މަޝްވަރާކުރެއްވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ރަސްމީ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ރަސްމީ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
10 ފެބްރުއަރީ 2026
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
5 ޖެނުއަރީ 2026
ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA