އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2026 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

14 އޭޕްރީލު 2026 11:00 ނަންބަރު M20/M/EC/2026/01

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

އެގޮތުން އެންމެ ފުރަތަމަ މަޝްވަރާކުރައްވާފައިވަނީ، ކޮމިޓީއިން ދިރާސާކުރައްވަމުންދާ 500 އެމް.އެލްއަށްވުރެ ކުދި ޕްލާސްޓިކް ފުޅި މަނާކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާ ރިޕޯޓުގެ މައްސަލައެވެ. އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއާޒްއާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ރައުޔު ހޯދުމަށް ކޮމިޓީން ފޮނުވާފައިވާ ސިޓީގެ ޖަވާބު ލިބިފައިވާތީ، އެ ދެ މިނިސްޓްރީގެ ޖަވާބުގައި ފާހަގަކޮށްފައިވާ ކަންކަމާ މެދު ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ.

އެއަށްފަހު މެންބަރުންނަށް ހުޅުވާލި ފުރުޞަތުގައި، އެ މައްސަލައިގައި ސިޓީ ލިޔުމުގެ ބަދަލުގައި ބިޒްނަސް ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންނާ ބައްދަލުކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ހުށަހަޅުއްވިއެވެ. އަދި، ސަބް ކޮމިޓީއެއް އުފައްދައިގެން އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ތާއީދުކުރެއްވިއެވެ. 

މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ. 


އެއަށްފަހު، އެކުލަވާލި ސަބް ކޮމިޓީގެ އެޖެންޑާއަކީ، 500 އެމް.އެލްއަށްވުރެ ކުދި ފުޅީ މަނާކުރުމާ ގުޅޭ މައްސަލައިގައި ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު، އެ މައްސަލަ ދިރާސާކޮށް ރިޕޯޓު އެކުލަވާލުމުގެ ޕޭޕަރވޯކް ނިންމާލުން ކަމަށް ކަނޑައެޅުމަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ހުށަހަޅުއްވިއެވެ. އަދި، އެ ސަބް ކޮމިޓީގެ މެންބަރުންގެ ގޮތުގައި، ކޮމިޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ކަނޑައެޅުމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވައި، ހިތާދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާން ތާއީދުކުރެއްވިއެވެ. 

މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ. 


އެއަށްފަހު، ކޮމިޓީއިން އިންޑިއަން ހައިކޮމިޝަނާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ހައިކޮމިޝަނުގެ ކަމާ ގުޅޭ ބޭފުޅުންނާ އި ފޮރިން މިނިސްޓްރީއާއި، ޚާރިޖީ ގުޅުންތަކާ ގުޅޭ ކޮމިޓީގެ ބައެއް ފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، އެ ބައްދަލުވުމަށް ކޮމިޓީގެ ހުރިހާ މެންބަރުންގެ ހާޒިރުވުމަށް ދެންނެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލެއްވިއެވެ.  


ބައްދަލުވުމުގެ ހާޒިރީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިނުގަންނަވާ

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ފެންނަކަމަށް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ފެންނަކަމަށް

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ފެންނަކަމަށް

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ހާޒިރުވެނެތް

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
8
ވޯޓުދިން މެންބަރުން
8
ހާޒިރުވެތިބި މެންބަރުން
9
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
9
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ފެންނަކަމަށް
8
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
8
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ވޯޓުގެ ތަފްސީލް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ފެންނަކަމަށް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ފެންނަކަމަށް

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ހާޒިރުވެނެތް

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
8
ވޯޓުދިން މެންބަރުން
8
ހާޒިރުވެތިބި މެންބަރުން
9
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
9
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ފެންނަކަމަށް
8
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
8
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

26 ނޮވެމްބަރު 2025

500 އެމް.އެލް.އިން ދަށުގެ ޕެޓް ބޮޓްލް ހުއްދަކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅާފައިވާ އެސެސްމަންޓުގެ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA