ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
13 އޭޕްރީލު 2026 11:30 ނަންބަރު M20/M/KG/2026/06
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، އަރޖެންޓައިން ރިޕަބްލިކް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ބެންހާގެ/ގދ.ގައްދޫ ޑރ. ޢަލީ ނަޞީރު މުޙައްމަދު ހަމަޖެއްސެވުމާ ގުޅޭގޮތުންނާއި، ކެމްބޯޑިއާ އަދި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މއ.ރުއްކުރި އަލްފާޟިލާ މަރިޔަމް މިދްފާ ނަޢީމް، ހަމަޖެއްސެވުމާ ގުޅޭގޮތުންނާއި، ހެލެނިކް ރިޕަބްލިކް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ.ނަސީމީވިލާ އަލްފާޟިލް ޙަސަން އާދަމް، ހަމަޖެއްސެވުމާ ގުޅޭގޮތުންނާއި އަދި، ބޮސްނިއާ އެންޑް ހަރޒެގޯވީނާ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގ.ޕެންޒީމާގެ އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.
އެގޮތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވައި، ވިލިނގިލި ދާއިރާ މެންބަރު އާޒިމް ޢަބްދުލްޢަޒީޒް ތާއީދު ކުރެއްވީ، މި މައްސަލަތައް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 21 އެޕްރީލް 2026 ހަމަޖެއްސެވުމަށް ފެނިވަޑައިގަންނަވާކަމަށާއި، އަރޖެންޓައިން ރިޕަބްލިކް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ނަން ފޮނުއްވާފައިވާ ފަރާތަކީ މިހާރު އެކުވެރި ދައުލަތްތަކުގެ ޖަމްޢީއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމާއި އަދި ބޮސްނިއާ އެންޑް ހަރޒެގޯވީނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ނަން ފޮނުއްވާފައިވާ ފަރާތަކީ މިހާރު ފެޑެރަލް ރިޕްބްލިކް އޮފް ޖަރމަނީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށްވާތީ، މި ދެ ފަރާތުގެ ކުށުގެ ރިކޯޑު ސާފުކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އަދި އިންޓަރވިއު ކުރެއްވުމަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ކެމްބޯޑިއާ އަދި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ނަން ފޮނުއްވާފައިވާ ފަރާތާއި އަދި ހެލެނިކް ރިޕަބްލިކް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ނަން ފޮނުއްވާފައިވާ ފަރާތުގެ ކުށުގެ ރިކޯޑު ސާފުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، އިންޓަރވިއު ކުރެއްވުމަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ރަސްމީ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ރަސްމީ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
އަޙްމަދުދީދީ
މަރަދޫ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
8 މާރިޗު 2026
އަރޖެންޓައިން ރިޕަބްލިކް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
8 މާރިޗު 2026
ކެމްބޯޑިއާ އަދި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
8 މާރިޗު 2026
ހެލެނިކް ރިޕަބްލިކް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
8 މާރިޗު 2026
ބޮސްނިއާ އެންޑް ހަރޒެގޯވީނާ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA