މާލިއްޔަތު ކޮމިޓީ
22 އޭޕްރީލު 2026 12:00 ނަންބަރު M20/M/ML/2026/03
މިއަދުގެ ބައްދަލުވުމުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ދެމުންގެންދެވި ލިވިންގ އެލަވަންސް ދިނުން ހުއްޓާލުމަށާއި، ވޭތުވެދިޔަ 1 އަހަރާއި 10 މަހުގެ ލިވިންގ އެލަވަންސްގެ ގޮތުގައި ދީފައިވާ ފައިސާ މުވައްޒަފުން އަތުން އަނބުރާ ނެގުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އަންގާފައިވާތީ އެކަމާގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އަދި މައްސަލައާ ގުޅިގެން ކޮމިޓީން ހޯދާފައިވާ މަޢުލޫމާތު އިތުރަށް ދިރާސާކުރެއްވުމަށް މެންބަރުންނަށް ވަގުތު ދިނުމަށްފަހު، ކޮމިޓީގެ ބައްދަލުވުމެއްގައި އެޖެންޑާކުރެއްވުމަށް ނިންމެވިއެވެ.
އެއަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ، 65 އަހަރުވުމުން، 20 އަހަރު ޚިދުމަތްކޮށްގެން ލިބެމުން އައި ޕެންޝަން ކަނޑާލާފައިވާ މައްސަލައިގައި މަޖިލީހުގެ ރައީސާއި، ނައިބު ރައީސް އަދި ކަމާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ހަމަވުމުގެ ކުރިން ރިޓަޔަރމަންޓް ސްކީމެއްގެ ދަށުން ރިޓަޔަރ ކުރެވޭނެގޮތެއް ހަމަޖައްސަވައި ދެއްވުން އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އަދި މައްސަލައާގުޅޭ އިތުރު މަޢުލޫމާތު އިދާރީ މޭޒުން ހޯދުމަށްފަހު، ކޮމިޓީގެ ބައްދަލުވުމެއްގައި އެޖެންޑާކުރެއްވުމަށް ނިންމެވިއެވެ.
ދެން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ މާލީ ބަޔާން ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތަށްޓަކައި ހިއްސާކުރެއްވިއެވެ.
އެއަށްފަހު، ނޭޝަނަލް ޕޭ ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރު ރިޕޯޓާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމަށްފަހު، އެ ރިޕޯޓުތަކުގައި އިޞްލާޙުކުރެއްވުމަށް ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތައް ލިޔުމުން ދެންނެވުމަށް ނިންމެވިއެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓުތައް ނެރުން ލަސްވުމާއި، އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތައް ހައްލުނުވެ ގިނަދުވަސްވާކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، އަންނަނިވި ކަންކަން ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއަށް ސިޓީ ފޮނުއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއީދުކުރެއްވި ނަމަވެސް، ހުށަހެޅުން ފާސްވެފައިނުވެއެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރެއްވުމަށް ހޮއްވަވާފައިވާ ސަބް ކޮމިޓީއަށް މެންބަރަކު ހަމަޖެއްސެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެ ކޮމިޓީއަށް ހަމަޖެއްސެވުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދު ތާއީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ.
މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ރަސްމީ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
2 މާރިޗު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ މާލީ ބަޔާން ދިރާސާކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
22 ފެބްރުއަރީ 2026
ނޭޝަނަލް ޕޭ ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރު ރިޕޯޓު ދިރާސާކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
27 ޖެނުއަރީ 2026
ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތައް ނެރުން ލަސްވުމާއި، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރާ މައްސަލަތައް ހައްލުނުވެ ގިނަދުވަސްވާ މައްސަލަ.
ކުރިޔަށް ދަނީ
12 ޖެނުއަރީ 2026
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
ކޮމެޓީ މަސައްކަތް ނިމިފައި
1 ޑިސެމްބަރު 2025
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ދެމުންގެންދެވި ލިވިން އެލަވަންސް ދިނުން ހުއްޓާލުމާގުޅޭ މައްސަލަތައް
ކޮމެޓީ މަސައްކަތް ނިމިފައި
24 ނޮވެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ މައްސަލަތައް.
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA