މާލިއްޔަތު ކޮމިޓީ
26 އޭޕްރީލު 2026 11:00 ނަންބަރު M20/M/ML/2026/04
މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ކޮމިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮލަބޮރޭޝަން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ އޮފީހާއި، ކެނޭޑިއަން އޮޑިޓް އެންޑް އެކައުންޓަބިލިޓީ ފައުންޑޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުއްވިއެވެ. އެގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާ ހުރިހާ އޮޑިޓް ރިޕޯޓެއް ވަކިވަކިން ދިރާސާކުރުމަކީ އުނދަގޫ ކަމެއްކަމަށާއި، އޭގެ ބަދަލުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ މަޝްވަރާކޮށް، ޚާއްޞަ ސަމާލުކަން ދޭންޖެހޭ އޮޑިޓް ރިޕޯޓުތައް ދެނެގަނެ، އެ އޮޑިޓް ރިޕޯޓުތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކެނޭޑިއަން އޮޑިޓް އެންޑް އެކައުންޓަބިލިޓީ ފައުންޑޭޝަންގެ ފަރާތުން ކޮމިޓީއަށް ލަފާދެއްވިއެވެ. އަދި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ މަޝްވަރާކޮށްގެން އޮޑިޓް ރިޕޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް އިދާރާތަކަށް ލަފާދިނުމަކީ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުން ހަރުދަނާކުރެވޭނެ ގޮތެއްކަން އެ ފައުންޑޭޝަނުން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، އޮޑިޓްތައް ހަރުދަނާ ގޮތެއްގައި ދިރާސާކުރުމާއި، ސަރުކާރުގެ އިދާރާތަކާ ސުވާލުކުރުމާއި، ކޮމިޓީން ރިކޮމެންޑޭޝަން ދިނުމުގައި ބަލާނެ ކަންކަމާގުޅޭ ތަމްރީނުތައް އެ ފައުންޑޭޝަންގެ ފަރާތުން ދެއްވާކަންވެސް ފާހަގަކުރެއްވިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް:
ކެނޭޑިއަން އޮޑިޓް އެންޑް އެކައުންޓަބިލިޓީ ފައުންޑޭޝަންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް:
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ރަސްމީ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިނުގަންނަވާ
24 މާރިޗު 2026
ކެނޭޑިއަން އޮޑިޓް އެންޑް އެކައުންޓަބިލިޓީ ފައުންޑޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA