ޢާންމު ކޮމިޓީ
27 އޭޕްރީލު 2026 13:00 ނަންބަރު M20/M/AM/2026/03
މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ. އެގޮތުން، އެންމެ ފުރަތަމަ ދިރާސާކުރެއްވީ، ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންގެ ގަވާއިދުގެ 9 ވަނަ ބާބުގެ 37 ވަނަ ނަންބަރުގެ ފަހަތަށް 37-1 (ޢުމްރާ ޗުއްޓީ) އިތުރުކުރުމަށާއި، 10 ވަނަ ބާބުގެ 1 ވަނަ ނަންބަރާއި 5 ވަނަ ނަންބަރު އިޞްލާޙުކުރުމަށްއެދި ފޮނުއްވާފައިވާ މައްސަލައެވެ. މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، އިދާރާއިން ހުށަހަޅުއްވާފައިވާ ގޮތަށް ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންގެ ގަވާއިދުގެ 9 ވަނަ ބާބުގެ 37 ވަނަ ނަންބަރުގެ ފަހަތަށް 37-1 (ޢުމްރާ ޗުއްޓީ) އިތުރުކުރުމަށާއި، 10 ވަނަ ބާބުގެ 1 ވަނަ ނަންބަރާއި 5 ވަނަ ނަންބަރު އިޞްލާޙުކުރުމަށް ފެންނަކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ތާޢީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
އެއަށްފަހު ކުރިއަށްގެންދެވީ، މެއިންޓަނަންސް އެންޑް ސަޕޯޓް ސަރވިސް ސެކްޝަނަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، އިދާރާއިން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފެންނަކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ތާޢީދުކުރެއްވިއެވެ. އަދި ވޯޓަށް އެއްސެވުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.
ޙުސައިން އިމްރާން ލަޠީފް
ހެންވޭރު ދެކުނު ދާއިރާ
ސަލާމް
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ރަސްމީ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އަލިފުށި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ދުވާފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާހިދު
ހުޅުދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ރަސްމީ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
22 އޮކްޓޯބަރު 2024
ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA