ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2026 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

27 އޭޕްރީލު 2026 11:00 ނަންބަރު M20/M/SOE/2026/02

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 26 ނޮވެންބަރު 2025 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ހުޅުމާލެ ފޭސް 1 ގެ ބާ އިންޖީނުގޭގައި ހިނގާ ދިޔަ ހާދިސާއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެ، ފަރުވާ ދެމުން ދަނިކޮށް ނިޔާވި ހާދިސާއާ ގުޅޭ މަޢުލޫމާތު އެ ކުންފުނިން ސާފުކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ކުންފުނިން މައްސަލައާ ގުޅޭގޮތުން ފޯރުކޮށްދީފައިވާ މަޢުލޫމާތު މައްސަލަ ހުށަހެޅުއްވި މެންބަރާ ހިއްސާކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޘިމް ހުށަހަޅުއްވައި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވި ހުށަހެޅުން ހާޒިރުވެ ކޮމިޓީއަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.


އެއަށްފަހު، ދިވެހިރާއްޖެއިން ނުލިބޭ ބޭސް ދިވެހިރާއްޖެއިން ބޭރުން ގެނައުމުގައި، ޢާންމު ރައްޔިތުންނާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އާ މުޢާމަލާތްކުރުމުގައި އަރަމުންދާ އޮޅުންތައް ސާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން، އެ ދެ ފަރާތުން ފޯރުކޮށްދީފައިވާ މަޢުލޫމާތު ދިރާސާކުރެއްވިއެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާ ބައްދަލުކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޘިމް ހުށަހަޅުއްވައި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާއީދުކުރެއްވިއެވެ. ނަމަވެސް ކޮމިޓީގައި ކުރެވުނު މަޝްވަރާއަށްފަހު، މި ބައްދަލުވުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އާސަންދަ ޕްރައިވެޓް ކޮމްޕެނީ ލިމިޓެޑު ބައިވެރިކުރެއްވުމަށް އިސްވެދެންނެވުނު ހުށަހެޅުން އިޞްލާޙުކުރެއްވުމަށްފަހު ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.


މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ވަޑައިގެންނެވި

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ސަލާމް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު
ފެންނަކަމަށް

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ފެންނަކަމަށް

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ފެންނަކަމަށް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ހާޒިރުވެނެތް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
8
ވޯޓުދިން މެންބަރުން
8
ހާޒިރުވެތިބި މެންބަރުން
9
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
9
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
8
ފެންނަކަމަށް
8
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
8
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ވޯޓުގެ ތަފްސީލް

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

ފެންނަކަމަށް

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ހާޒިރުވެނެތް

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ހާޒިރުވެނެތް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވޯޓުގައި ބައިވެރިނުވާ

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވޯޓުގައި ބައިވެރިނުވާ
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
8
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
2
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
8
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
7
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
2
ފާސްވުމަށް ބޭނުންވާ
3

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 މާރިޗު 2026

ދިވެހިރާއްޖެއިން ނުލިބޭ ބޭސްބޭރުން ގެނައުމުގައި، ޢާންމު ރައްޔިތުންނާއި އެސް.ޓީ.އޯއާ މުޢާމަލާތްކުރުމުގައި އަރަމުންދާ އޮޅުންތައް ސާފުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

18 ޑިސެމްބަރު 2025

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ބާ އިންޖީނުގޭގައި ހިނގާ ދިޔަ ހާދިސާއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެ، ފަރުވާ ދެމުން ދަނިކޮށް ނިޔާވި ހާދިސާއާ ގުޅޭގޮތުން މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA