ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީގެ 2026 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

5 މޭ 2026 11:00 ނަންބަރު M20/M/GV/2026/04

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާތީ، އެކަން ބެލުމަށް އެދި ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބައެއް ގަވާއިދުތައް އެއްކޮށްލުމަށްފަހު މިހާރު އެކުލަވާލަންޖެހެނީ ޖުމްލަ 14 ގަވާއިދު ކަމަށާއި، އޭގެ ތެރެއިން 2 ގަވާއިދު މިހާރު ގެޒެޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި 4 ގަވާއިދެއް ފިޔަވައި ދެން ހުރި ހުރިހާ ގަވާއިދުތަކެއް މިހާރު ވަނީ ގެޒެޓުކުރުމުގެ މަރުޙަލާގައިކަމަށާއި، ޑްރާފްޓުކުރެވިފައިނުވާ 4 ގަވާއިދުގެ މަސައްކަތް އޮގަސްޓު 2026 ގެ ނިޔަލަށް ނިންމޭނެކަމަށް ލަފާކުރައްވާކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން ދެންނެވުނު ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކަކީ ވަރަށް ޓެކްނިކަލް ގަވާއިދުތަކެއްކަމުން، ގަވާއިދުތައް ޑްރާފްޓުކުރުން ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓް ހަމަނުޖެހިގެންކަމަށާއި، މިހާރު ގަވާއިދުގެ މަސައްކަތް ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ) ގެ ފަންޑުގެ ދަށުންކަމަށް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ.



ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ސަލާމް

މުޙައްމަދު ދާއޫދު

ކުޅުދުއްފުށި އުތުރު ދާއިރާ

ވަޑައިގެންނެވި

ޙުސްނީ މުބާރިކް

މަނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ރަސްމީ

ޢަބްދުއްސައްތާރު މުޙައްމަދު

ހޮޅުދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ޝަފީޢު

އިސްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

އެހެން ކޮމިޓީއެއްގައި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

8 މާރިޗު 2026

ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ، އެކަން މިނިސްޓްރީ އޮފް ހެލްތް އިން ބެލުމަށް އެދި ފޮނުވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    01
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA