ލާމަރުކަޒީ ކޮމިޓީ

ލާމަރުކަޒީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

12 މޭ 2026 10:41 ނަންބަރު M20/M/LM/2026/03

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މިސްކިތްތަކުގައި މަސައްކަތު މީހުންގެ ވަޒީފާގައި އުޅޭ ފަރާތްތަކުގެ ބެލެނިވެރި ފަރާތަކީ ކޮބައިކަން ނޭނގޭތީއާއި، މިސްކިތު މަސައްކަތު މީހުންނަށް ރަނގަޅު މުސާރައަކާއި އަދި ހަފްތާއަކު އެއް ދުވަހު އޮފް ލިބޭނެގޮތް ހައްދަވައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައަށް ހައްލު ލިބިފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީން އެނގެން އޮތުމުން، މި މައްސަލައިގެ މަސައްކަތް ނިންމައި، އެކަން މައްސަލަ ހުށަހެޅުއްވެވި ފަރާތަށް އެންގުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


އެއަށްފަހު، ވ.ރަކީދޫ ކައުންސިންގެ އިދާރާގެ މުވައްޒަފުން ވަޒީފާއަށް ހާޒިރުނުވާތީ، އެ ކައުންސިލްގެ މަސައްކަތްތައް ނުހުއްޓޭނެ ޤާނޫނީ ހައްލެއް ހޯދައިދިނުމަށް އެދި ވ.އަތޮޅު ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައިގައި ހޯދޭނެ ހައްލަކީ ކޮބައިތޯ ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ދެންނެވުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހަޅުއްވައި ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


ދެން ކުރިއަށް ގެންދެވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް 2025 ގެ ނިޔަލަށް ރިވިއުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ. މި މައްސަލަ މި ކޮމިޓީއަށް ފޮނުވުމުގެ އިތުރުން، ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާތީ، އެ ފަރާތްތަކުން މި މައްސަލައާ މެދު އަޅާ ފިޔަވަޅެއް ބެލުމަށްފަހު، މި މައްސަލަ ފައިލްކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.


އަދި، ދ.އަތޮޅު ކައުންސިލްގެ ރައީސް، އަދި ކައުންސިލްގެ އިދާރާއިން ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ހަރަކާތްތައް ރާވައި، ރައްޔިތުންގެ މެދުގައި ސަރުކާރާމެދު ނަފްރަތު އުފައްދަން މަސައްކަތްކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅިފައިވޭތޯ އާއި ހުށަހެޅިފައިވާނަމަ މައްސަލަ ބައްލަވާ ނިމުނު ގޮތް އޮޅުންފިލުވުމަށް އެ އޮތޯރިޓީ އަށް ސިޓީ ފޮނުވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވައި ހެންވޭރު އުތުރު ދާއިރަގެ މެންބަރު އަޙްމަދު އައިފާން ތާއީދުކުރެއްވިއެވެ. 

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ

ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝިފާޒް

އުނގޫފާރު ދާއިރާ

ވަޑައިގެންނެވި

ޔާސީން ޢަބްދުﷲ

ނައިފަރު ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްރަޙްމާން

އައްޑޫމީދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަސްލަމް

ބިލެތްދޫ ދާއިރާ

ވަޑައިގެންނެވި

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ކޮލަމާފުށި ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2025

މިސްކިތު މަސައްކަތު މީހުންނާ ގުޅޭ މައްސަލަ.

ކުރިޔަށް ދަނީ

19 ޖެނުއަރީ 2025

ބ.ކުޑަރިކިލުގެ އުތުރު ފަރާތު އަތިރިމަތީގައި ގެސްޓް ހައުސް އެޅުމަށް އެ ރަށު ކައުންސިލުން ނިންމާފައިވާތީ އެކަމުގެ ޝަކުވާތައް ބަޔާންކޮށް އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

21 ޖުލައި 2024

މާލެ ސިޓީ ކައުންސިލާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    11
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA