ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
14 މޭ 2026 00:00 ނަންބަރު M20/M/KG/2026/10
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ.ނޫމަރާހިޔާ އަލްފާޟިލް ޠާރިޤު އިބްރާހީމް ހަމަޖެއްސެވުމާ ގުޅޭގޮތުންނާއި، އަދި ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޗަމަން/ރ.ފައިނު އަލްފާޟިލް އާދަމް ޝަރީފު ޢުމަރު ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ.
އެގޮތުން، ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ތާއީދު ކުރެއްވީ، މި މައްސަލަ ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 24 މޭ 2026 ހަމަޖެއްސެވުމަށް ފެނިވަޑައިގަންނަވާކަމަށާއި، އަދި އެ ދެ ޤައުމަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ސީވީއިން އެ ފަރާތްތަކުގެ ޤާބިލުކަން ހާމަވާތީ، މި ފަރާތްތަކުގެ ކުށުގެ ރިކޯޑު ސާފުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، އަދި އިންޓަރވިއު ކުރެއްވުމަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ.
އެއަށްފަހު މަޝްވަރާކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ 20 މިޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައިގެ ސުންގަޑި ހަމަވެފައިވާތީ، ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ތާއީދު ކުރެއްވީ، މި މައްސަލަ ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 30 ޖުލައި 2026 ހަމަޖެއްސެވުމަށް ފެނިވަޑައިގަންނަވާކަމަށެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.
އަދި އެއަށްފަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ 20 މިޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓްތަކުގެ ތެރެއިން، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އަހަރީ ރިޕޯޓާއި އ.ދ ގެ ޖެނީވާ އޮފީހާއި ޖެނީވާގައި ހުންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އަހަރީ ރިޕޯޓު ކޮމިޓީން ދިރާސާކުރެއްވިއެވެ.
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
އަޙްމަދުދީދީ
މަރަދޫ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
އަޙްމަދުދީދީ
މަރަދޫ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
14 މޭ 2026
އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
14 މޭ 2026
ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA