ޕެޓިޝަން ކޮމިޓީ
23 ޖޫން 2026 10:30 ނަންބަރު M20/M/PT/2026/06
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ ޕެޓިޝަންތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، "ދައުލަތުގެ ޕޭފްރޭމްވަރކްގެ މިންގަނޑުތަކާއި މުސާރައަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން ސިވިލް ސަރވިސް އޮނިގަނޑުގެ ދަށުގައި ހިމެނޭ ލީގަލް ޕްރޮފެޝަނަލުންނާއި ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް ޕްރޮފެޝަނަލުންގެ މުސާރައަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ހުށަހަޅާ ޕެޓިޝަން" ދިރާސާކުރެއްވިއެވެ. އަދި ނޭޝަނަލް ޕޭ ކޮމިޝަނުން މި މައްސަލައާއި ގުޅޭގޮތުން ފޮނުއްވާފައިވާ ސިޓީގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ލީގަލް ޕްރޮފެޝަނަލުންނާ ގުޅޭ ޖޮބް މެޓްރިކްސްތަކުގެ މުސާރައާއި ޢިނާޔަތްތައް ބަދަލު ގެނެސްފައިވާކަމަށާއި އަދި ގެނެވުނު ބަދަލާ އެއްގޮތަށް މުސާރައާއި ޢިނާޔަތްތައް މި ހިނގާ މޭ މަހުގެ މުސާރައާއެކު ކައުންސިލް އިދާރާތައް ހިމެނޭ ގޮތަށް ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ލީގަލް ފަންނުގެ މުވައްޒަފުންނަށް ދިނުމަށް ކަމާގުޅޭ އިދާރާތަކުގައި ދެންނެވިފައިވާ ކަމަށް ވިދާޅުވެފައިވާތީ، މި ޕެޓިޝަންގައި ބަޔާންކުރާ މައްސަލައައް ހައްލެއް ލިބިގެންދާނެތީ މި މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމަވައި މައްސަލަ ހުށަހެޅުއްވި ފަރާތައް ސިޓީން ޖަވާބު އެރުވުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާއީދުކުރެއްވިއެވެ. އަދި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ރަސްމީ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
މުޙައްމަދު ރަޝީދު
ނޮޅިވަރަމް ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
މުޙައްމަދު ޢަބްދުއްރަޙްމާން
ހިންނަވަރު ދާއިރާ
މުޙައްމަދު ޝަމީޒް
މަޑަވެލި ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
19 ޖެނުއަރީ 2026
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން ސިވިލް ސާވިސް އޮނިގަނޑުގެ ދަށުގައާއި ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް ޕްރޮފެޝަނަލުންގެ މުސާރައާ ގުޅޭގޮތުން ހުށަހަޅާ ޕެޓިޝަން
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA