ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
22 ޖޫން 2026 11:00 ނަންބަރު M20/M/SOE/2026/04
މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް މ.ފައިޒާ، މުޙައްމަދު ނިޒާރު ޢައްޔަންކުރައްވައި ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ފަރާތް ޢައްޔަންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވޭތޯ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގެ ދަށުން އެބޭފުޅާ ޢައްޔަންކުރެވިފައިވާ މަޤާމުގެ ޝަރުޠު ހަމެވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީގެ އިދާރީ މޭޒާ ޙަވާލުކުރެއްވިއެވެ. އެއަށްފަހު، އިސްވެދެންނެވި މައްސަލައިގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 23 ޖޫން 2026 ކަމުގައި ކަނޑައެޅުއްވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ހުށަހަޅުއްވައި ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ތާއިދުކުރެއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން އެ ކުންފުނިން ފޮނުއްވާފައިވާ މަޢުލޫމާތު މައްސަލަ ހުށަހެޅުއްވި މެންބަރާ ހިއްސާކުރެއްވުމަށް ކޮމިޓީގެ ރިޔާސަތުން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ދެން، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައ ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
18 ޖޫން 2026
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ޢައްޔަންކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމާގުޅޭ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
31 މޭ 2026
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
ކޮމެޓީ މަސައްކަތް ނިމިފައި
18 ނޮވެމްބަރު 2025
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA